Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

23 Oct 2023
ޚަބަރު

މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލު އަވަސްކުރުމަށް މަސީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު" އަވަސްކުރުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ގޮވާލައިފިއެވެ.

މި މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށި އެއާޕޯޓު އަދި ހދ. މަކުނުދޫގައި ހިނގި ގޭސް ފުޅި ގޮވުމުގެ ހާދިސާއާއި ގުޅިގެން އެމްއެންއޭސީއައި އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ދެ ހާދިސާގެ އެއްގޮތްކަން ބޮޑުވުމުގެ ސަބަބުން އެ ބާވަތުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވުން އުފެދޭކަމަށެވެ.

މަސީން ނެރުނު ބަޔާނުގައި ބުނީ ބިދޭސީ ކޮންޓްރެކްޓަރަކު މަސައްކަތް ކުރިއަސް، ދިވެހި ކޮންޓްރެކްޓަރަކު މަސައްކަތް ކުރިއަސް މަސައްކަތް ކުރާ ސައިޓާއި ގެންގުޅޭ ތަކެއްޗާއި އާލާތަކަށް ސަމާލުކަންދޭންޖެހޭނެކަމަށެވެ. ވަކީން ޚާއްސަކޮށް ނުރައްކަތެރި ކެމިކަލްތަކާއި ގޭހާއި މިފަދަ އެހެނިހެން ތަކެތީގެ ރައްކާތެރިކަމާއި ފެެންވަރާއި އެތަކެތި ގެންގުޅޭ ގޮތާއި ރައްކާކޮށްފައި ބަހައްޓާ ގޮތްވެސް ބަލަންޖެހޭނެކަމަށެވެ.

މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމާއި ސިއްޙަތުގެ ސަލާމަތަށްޓަަކައި އަޅާފައި ހުންނަ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައި އޮންނަ އުޞޫލަކާ އެއްގޮތަށް ބަލައި، މަސައްކަތްކުރާ މީހުންނާއި ވަށައިގެން ދިރިއުޅޭ މީހުންގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ މަސީން ބުނެއެވެ. އަދި މިކަންކަމަކީ ވަޒީފާއާއިބެހޭ ޤަނޫނާއި އިމަރާތްކުރުމުގެ ޤާނޫނުންވެސް ދަޢުލަތުގެ މައްޗަށް ލާޒިމްކުރާ ކަންކަމަށް މި ބަޔާނުގައި ބުންޏެވެ.  

މި ބަޔާނުގައި ވަނީ މަސައްކަތަށް އެންމެ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަށް މަސައްކަތްތެރިންނަށް ގޮވާލައި، މަސައްކަތުގެ ސައިޓްތައް ބަލައި ކަންކަން އިސްލާހުކުރުމުގެ ފިޔަވަޅު އެޅުމަށް ދައުލަތަށް ވެސް ގޮވާލާފައެވެ.

"އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު" ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހެވެ. އެއީ މަސައްކަތްތެރިންނަށް ލިބެންޖެހޭ އެތައް ހައްގުތަކެއް ކަށަވަރުކޮށްދީ އެމީހުންނަށް އަނިޔާއެއް ލިބިއްޖެ ހާލަތުގައި އަމަލުކުރާނެ ހުރިހާ އުސޫލުތަކާއި އިޖުރާއަތްތަކެއް ހިމެނޭ ބިލެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.