Advertisement

ވިނަރެސް ފްލެޓްތައް -- ފޮޓޯ: ނޫން.އެމްވީ

22 Oct 2023
ޚަބަރު

ވިނަރެސް ފްލެޓްތަކުގެ އިންޓަރެސްޓް %9އިން %6އަށް ކުޑަކޮށްފި

ވިނަރެސް ފްލެޓްތަކުގެ އިންޓަރެސްޓް %9އިން %6އަށް ކުޑަކޮށްފިކަމުގައި އާބަންކޯއިން ބުނެފިއެވެ.

މިކަމާއި ގުޅޭ ގޮތިން އާބަންކޯ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދިގު މުއްދަތަކަށް ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ދޫކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ނަގާ ކުލީގެ އިންޓަރެސްޓް ރޭޓް ކުޑަކުރުމަށް ނިންމާފައި ވަނީ ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. މިގޮތުން 25 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކޮށްފައިވާ މި ފްލެޓްތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރުމުން، ފުލެޓަށް ދައްކަންޖެހޭ ޖުމުލަ ފައިސާގެ އަަދަދުން މިލިޔަނެއްހައި ރުފިިޔާ އުނިވެގެންދެއެވެ.

އާބަަންކޯއިން ވިނަރެސް ފްލެޓްތައް ވިއްކާފައި ވަނީ، 2.5 މިލިޔަނާއި، 3.5 މިލިޔަނާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި ފްލެޓްތައް ގަތް ބައެއް ފަރާތްތަކުން މިހާރު ވަނީ ވިނަރެސް ފްލެޓްތަކުގައި ދިރިއުޅެންވެސް ފަށާފައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން، 1344 ފްލެޓް އަޅާފައިވާއިރު، އެއީ 10 ބުރީގެ 13 ޓަވަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.