Advertisement

23 Oct 2023
ޚަބަރު

ފަލަސްޠީން މައްސަލައިގައި ރާއްޖެއިން އދ. އަށް ކުއްލި މައްސަލައެއް

އިސްރާއީލުން ފަލަސްޠީނަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި ކުޑަކުދިންނަށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތައް ހައްދު ފަހަނައަޅާފައިވާ ކަމަށެވެ. އެހެންކަމުން އާއްމު މަޖިލީހުގެ 10 ވަނަ އެމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ހުށަހަޅާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ރާއްޖެއިން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކާއި ގުޅިގެންކަމަށެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު، އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލުމުގައިކަމަށެވެ.

އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމަކީ، މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ. 1950 ވަނަ އަހަރު ފާސްކުރި ގަރާރުގެ ދަށުން މިހާތަނަށް 11 މައްސަލައަކާއި ގުޅިގެން އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވުން ބާއްވާފައިވެއެވެ. މިގޮތުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަކީ 10 ވަނަ މައްސަލައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.