Advertisement

ސްޓެލްކޯއިން ފަލަސްޓީނަށް ހަދިޔާކުރާ ފައިސާގެ ރަމްޒީ ޗެކް އައިއޭސީ އާ ހަވާލުކުރުން، ފޮޓޯ: ސްޓެލްކޯ

23 Oct 2023
ޚަބަރު

ފަލަސްތީނަށް އެހީވުމަށް ސްޓެލްކޯއިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި

ސްޓެލްކޯއިން "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" 500،000.00 (ފަސްލައްކަ ރުފިޔާ) ހަދިޔާ ކޮށްފިއެވެ. މިއީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ

މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އަދި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ

އަދި މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ފަންޑުފޮއްޓެއް ބެހެއްޓިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ޗެކް ހަވާލުކުރުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންނާއި އައިއޭސީގެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން

އިސްރާއީލަށް 7 އޮކްޓޯބަރ 2023 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާތަކާ ގުޅިގެން، ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ޣައްޒާއަށް ވަރުގަދަ ހަމަލާތައްދީ، އެ ގައުމުގެ މައުސޫމް އެތައް ބަޔަކު އިސްރާއީލުން އަންނަނީ ނެތިކޮށްލަމުންނެވެ. މީގެ އިތުރުން ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރުން ނިކުތުމަށް އަންގާ، އަދި އިމާރާތްތަކަށް ހަމަލާދީ މުޅި ޣައްޒާގެ ބޮޑު ބައެއް ބިމާހަމަކުރަމުން ދާއިރު، އެ ގައުމުގެ ގިނަ ބަޔަކު ވަނީ މަގުމަތިވެ ހާލުގައިޖެހި، ގިނަ ގުނަ އެހީތަކަށް ބޭނުންވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.