ޚަބަރު
28 Oct 2023
ޚަބަރު
ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކުރަން މީހުން ތަމްރީންކުރަނީ
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މަޢުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދޭނެ ޓްރެއިނަރުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހުޅުވާލައިފިއެވެ.
27 Oct 2023
ޚަބަރު
ހައިކޯޓާއި ސިވިލްކޯޓުގެ އިސް ފަނޑިޔާރުންގެ މަޤާމަށް ދެބޭފުޅަކު އައްޔަނުކުރެއްވުމަށް ނިންމަވައިފި
އެކޮމިޝަނުން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު ހަމަޖެއްސުމަށް 25 އޮކްޓޫބަރު 2023 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 68 ވަނަ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.
27 Oct 2023
ޚަބަރު
އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސް އަޅައި މަޤާމުގައި ދެމިހުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތައް އެމްޑީޕީން ކުއްވެރިކޮށްފި
އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، އެމައްސަލަ ކުރިޔަށް ގެންދިޔުމަށް ހުރަސްއަޅައި ޤާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައީސް ނަޝީދު ގެންދަަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
27 Oct 2023
ޚަބަރު
ވިނަރެސްއިން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް
އެކުންފުނިން ބުނީ، ވިނަރެސްގެ ބާކީ ހުރި ފުލެޓުތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެކި ސަބަބު ތަކާއި ހެދި މިހާރު ނުވިކި ހުރި ހުރިހާ ފްލެޓްތަކެއް ވިއްކައި ނިމެންދެން ފްލެޓްގަތުމަށް ބޭނުންވާ ފަރާތްތަަކަށް އެފުރުޞަތު ދޭނޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
27 Oct 2023
ޚަބަރު
ކަޅައިދޫގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢު ހުއްޓާނުލައި ކުރިޔަށް ގެންދެވުމަށް ނައިބު ރައީސް އެދިވަޑައިގެންފި
27 Oct 2023
ޚަބަރު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓެއް ދޫކޮށްލައިފި
އެމިނިސްޓްރީން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު އެ ބޯޓުތައް ދޫކޮށްލާފައި ވަނީ އެއުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން، ކަމަށާއި އެބޯޓުތައް މިހާރު އަނބުރާ ސްރީލަންކާއަށް ފޮނުވާލާފައި ވާކަމަށެވެ.
26 Oct 2023
ޚަބަރު
ޖާހު އިންވެސްޓްމަންޓްގެ ގާޑަން ފްލެޓްތައް އާބަންކޯއިން ނިންމަނީ
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ "ދަ ގާޑަން" ފްލެޓްތައް ހަ މަސްތެރޭ ނިންމުމަށް އާބަންކޯ އިން މަސައްކަތް ފަށައިފިއެވެ.
26 Oct 2023
ޚަބަރު
އައްޑޫ 200 ހައުސިން ޔުނިޓް އަޅާނެ ބިން ހަވާލުކޮށްފި
ސަރުކާރުން އައްޑޫ ސިޓީގައި ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓުގެ މަސައްކަތްކުރުމަށް ބޭނުންވާ ބިން މަސައްކަތުގެ ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ.
26 Oct 2023
ޚަބަރު
ޤައުމީ އެންބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި
ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤައުމީ އެމްބިއުލާންސް ޚިދުމަތް ފެށުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމެވެ.
26 Oct 2023
ޚަބަރު
ހަފްތާ ބަންދުގައި ފަލަސްޠީނަށް އެހީވުމަށް ބާއްވާ ގިނަ ހަރަކާތްތަކަކަށް އާބަންކޯއިން އެހީވަނީ
މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯއިން ނިންމައިފިއެވެ.
25 Oct 2023
ޚަބަރު
އޭސީސީން ހޯދުމަށް އަންގާފައިވާ ފައިސާއަކީ، 2017ގެ ކުރީގެ މައްސަލަތަކުގެ ފައިސާ: ފެނަކަ
ފެނަކަ ކޯޕަރޭޝަނުން އެކަމާއި ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އޭސީސީގެ ބަޔާނުގައި ނުހިމަނައި ދޫކޮށްލާފައިވާ ބައެއްކަންކަން ސާފުކޮށްދީފައެވެ. މިގޮތުން އޭސީސީން ބަލަމުންދާކަމަށް ބުނާ 75 މައްސަލަ އަކީ، 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދުގެ މައްސަލަތައް ކަމަށާއި، އަނބުރާ ހޯދުމަށް އަންގާފައިވާ، 20 މިލިޔަން ރުފިޔާއަކީވެސް އެމުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލިފައި ހުރި ފައިސާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
25 Oct 2023
ޚަބަރު
ގޭސްފުޅި ގޮވައި މަރުވި 2 މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި
ހދ. މަކުނުދޫގައި، ވެލްޑިންކުރަން ގެންގުޅޭ ގޭސްފުޅިއެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
25 Oct 2023
ޚަބަރު
ނާޖާއިޒް ފައިދާ ލިބޭގޮތައް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ: ގަސަމް
ފޮރުވަންޖެހޭ، ނާޖާއިޒު މަންފާއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ. ޤަސަމް މިގޮތަށް ވިދާޅުވެފައިވަނީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ މުހިންމު ލިޔެކިޔުންތަކެއް ކޮންގްރިޓް އަޅާ މެޝިނަކަށް އަޅާ ނައްތާލިކަމަށްބުނެ ޝޯސަލް މީޑިއާގައި ދައުރުވި ވީޑިއޯއާއި ގުޅިގެންނެވެ.
25 Oct 2023
ޚަބަރު
ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި
ސިވިލް ސާރވިސް މުވައްޒަފުން ރަސްމީ ބަންދު ދުވަހު މަސައްކަތްކުރާނަމަ، ޙާޒިރީ އެލަވެންސް ލިބޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކް އިޞްލާޙުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ޢާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކު އިޞްލާހުގައިވަނީ ޙާޒިރީ ޢިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވ،ެ މަސައްކަތްކުރާކޮންމެ ދުވަހަކަށް ދޭ ޢިނާޔަތެއްކަމަށެވެ.
25 Oct 2023
ޚަބަރު
ފަލަސްޠީނު ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރަނީ
ޔަޙޫދީ އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ފަލަސްޠީނުގެ މުސްލިމުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
24 Oct 2023
ޚަބަރު
އިންތިޚާބީ ދާއިރާތަކާއި މެދު އެންމެ ގިނަ ޝަކުވާ ހުށައަޅާފައި ވަނީ އައްޑޫ ސިޓީން
އެެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ލިބިފައިވާ ޝަކުވާތަކާއި ޚިޔާލުތަކާއި މެދު، 2023 ނޮވެމްބަރު 5 ގެ ކުރިން އީސީ އިން ގޮތެއް ކަނޑައަޅައި، އަދި އެ ޝަކުވާއެއް ނުވަތަ ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން ސަބަބާއެކު އަންގާނެކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.