Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

29 Oct 2023
ޚަބަރު

ފަލަސްޠީނަށް އެހީވުމަށް ދިވެހިން 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ޔަހޫދީ އިޒްރާއީލުން ފަލަސްޓީނުގެ ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ. 

ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ވަނީ ފަންޑް ރައިޒިން އިވެންޓްތައް ބާއްވާފައެވެ. އަދި އަމިއްލަ ބައެއް ފަރާތްތަކުން އިސްވެ ވެސްވަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހުރިހައި ފައިސާއެއް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީންއަށެވެ.

އައިއޭސީން ބުނީ މިހާތަނަށް ފަލަސްޠީނަށް އެހީވުމަށް 23.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި 13،000 ޑޮލަރު ލިބިފައިވާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ދިވެހިން ހަދިޔާ ކުރާ މި ފައިސާއިން މިހާތަނަށް ފަލަސްތީނުގެ ރައްޔިތުންނަށް އެކި އެހީތައް ފޯރުކޮށްދީފައިވާ ކަމަށް އައިއޭސީން ބުންޏެވެ. އޭގެތެރޭގައި ހަމަނުޖެހުންތަކުގެ ކުރީކޮޅު، ކާބޯތަކެއްޗާއި ތެލާއި ޒަރޫރީ ބައެއް ސާމާނު ވަނީ ބަހާފައެވެ. އޭގެފަހުން ގިނަ އަދަދެއްގެ ހޮޓްމީލް، އާއްމުންނާއި ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މީހުންނަށް ފޯރުކޮށްދިނެވެ. އަދި އާއިލާތަކުގެ އެދުމުގެ މަތިން 200 އާއިލާއަކަށް، ކޮންމެ އާއިލާއަކަށް 500 ޑޮލަރުގެ މަގުން، ޖުމްލަ 100،000 ޑޮލަރު (1.5 މިލިޔަން ރުފިޔާ) ބަހާފައިވެއެވެ.

މި މަހުގެ 7ގައި، ހަމާސްގެ ހަނގުރާމަވެރިން ކުއްލިއަކަށް އިޒްރޭލަށް ވަދެގަނެ ދިން ހަމަލާތަކާއި ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، މެދުކެނޑުމެއް ނެތި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 7،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 18،000އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.