Advertisement

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން --

29 Oct 2023
ޚަބަރު

ރައީސް ޔާމީންގެ ބަންދު މާލެ ބަންދަށް ބަދަލުކޮށްފި

ކަޅުފައިސާ ދޮވުމާއި، ކޮރަޕްޝަނުގެ މައްސަލަތަކުގެ ކުށް ސާބިތުވެ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަށު ބަންދަކަށް ސަރުކާރުން ލުއިކޮށްދީފިއެވެ.

ރިޔާސީ އިންތިޚާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާއިއެކު، ސަރުކާރުން ވަނީ، ރައީސް ޔާމީން ޖަލުބަންދުން ގޭބަންދަށް ބަދަލުކޮށްދީފައެވެ. އަދި ސަރުކާރުން ބުނެފައި ވަނީ ރައީސް ޔާމީންގެ ބަންދަށް ލުއިތައް ދީފައި ވަނީ ސިއްޙީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ރައީސް ޔާމީނުގެ ބަންދު މާލެ ބަންދަށް އިއްޔެ ބަދަލު ކުރި އިރު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމްއިން ދަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށާއި، ޕީއެންސީއަށް ޕީޕީއެމްއިން ގެންދަނި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ރައީސް ޔާމީން ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. އެމަނިކުފާނު ބަންދުން މުޅިން ދޫކޮށްލުމަށް ޕީޕީއެމްގެ ސަޕޯޓަރުން ގޮވާލަމުން ދިޔަ ނަމަވެސް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވަނީ، ސަޕޯޓަރުން އެދޭހައި އަވަހަށް، ރައީސް ޔާމީން މުޅިންް މިނިވަން ނުކުރެވޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ވ.އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވި ކުރެވުނު ދައުވާ ސާބިތުވެ އެ މައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމައި ޙުކުމް، 2022 ޑިސެމްބަރު 25 ގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.