Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

29 Oct 2023
ޚަބަރު

މަޖިލީހަށް ހޮވޭ އަންހެނުންނަށް ޕާޓީގެ ތެރެއިން އެލަވަންސްއެއް ދިނުމަށް މަސައްކަތް ކުރާނަން: މުއިއްޒު

މަޖިލީހަށް ހޮވޭ އަންހެނުންނަށް ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން %20 ގޮޑިއަށް އަންހެނުން ވާދަކޮށް، އެ ކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވީހާ ވެސް ގިނަ އަންހެނުން ވާދަކޮށް، ހޮވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން، ޕީޕީއެމް-ޕީއެންސީން މަޖިލީހުގައި ތަމްސީލުކުރާ މަދުވެގެން %20 ގޮޑިތަކަކީ އަންހެނުން ކުރިމަތިލާ ގޮޑިތަކަކަށް ހެދުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ. 

"މި ކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީޕީއެމް-ޕީއެންސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު އަންނަ 28 މެއިއަށް ހަމަވާނެއެވެ. މިހާރުގެ އިންތިހާބުގައި ޖުމްލަ 87 މެންބަރުން ތިއްބަވާ އިރު އޭގެތެރެއިން އަންހެނުންގެ އަދަދަކީ އެންމެ ފަހެކެވެ. 

ގާނޫނުގައިވާ ގޮތުން، 29 އޭޕްރީލްގެ ކުރިން އާ ދައުރަކަށް މެމްބަރުން އިންތިހާބުކޮށް ނިންމަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، އެ އިންތިހާބު ބޭއްވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީ ކޮޅުކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.