Advertisement

ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް ---

27 Oct 2023
ޚަބަރު

ވިނަރެސްއިން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް

ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމުގައި އާބަންކޯއިން ހާމަކޮށްފިއެވެ.

އެކުންފުނިން ބުނީ، ވިނަރެސްގެ ބާކީ ހުރި ފުލެޓުތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެކި ސަބަބު ތަކާއި ހެދި މިހާރު ނުވިކި ހުރި ހުރިހާ ފްލެޓްތަކެއް ވިއްކައި ނިމެންދެން ފްލެޓްގަތުމަށް ބޭނުންވާ ފަރާތްތަަކަށް އެފުރުޞަތު ދޭނޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހަދާފައިވެއެވެ. އަދި މިހާތަނަށް ވިކިފައި ވަނީ އޭގެ ތެރެއިން، 288 ފްލެޓެވެ.

ވިނަރެސް ފްލެޓްތައް ވިއްކުމަށް ކުރިން ހުޅުވާލި ފުރުޞަތުގައި، 1413 ފަރާތަކުން އެކަމަށް އެދި ހުށައެޅިއެވެ. އެހެން ނަމަވެސް ގިނަ ފަރާތްތަކަކަށް އެތަންތަން ގަނެވޭ ގޮތް ނުވީ، ފްލެޓްތައް ވިއްކާ އަގު ބޮޑުވުމާއި، ޑައުންޕޭމެންޓަށް ދައްކަންޖެހޭ އަގު ބޮޑުވުމާއި، މަހުން މަހަށް ދައްކަންޖެހޭ ކުލި ބޮޑުވުމުގެ ސަބަބުންނެވެ.

އާބަންކޯއިން މިހަފްތާގައި ވަނީ، ވިނަރެސް މަޝްރޫޢުގެ ދަށުން ވިއްކާ ފްލެޓްތަކުގެ އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުވެސް %9 އިން %6އަށް ކުޑަކޮށްފައެވެ. އެއާއިއެކު 25 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާނަމަވެސް މިލިޔަނެއްހައި ރުފިޔާ ކުޑަވެގެންދެއެވެ. 

ވިނަރެސް ފްލެޓްތައް ވިއްކަނީ، 2.5 މިލިޔަނާއި 3 މިލިޔަނާއި ދެމެދުގެ އަގުތަކެއްގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.