Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް --

27 Oct 2023
ޚަބަރު

ކަޅައިދޫގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢު ހުއްޓާނުލައި ކުރިޔަށް ގެންދެވުމަށް ނައިބު ރައީސް އެދިވަޑައިގެންފި

މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑް މޮޑެލެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްޤީކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ހުއްޓާނުލައްވައި ކުރިޔަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ،  މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ އެންމެ ބޮދު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އެއްމައްސަަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އެއީ ވަރަށް ގިނަ ޒަމާންތަކެއް ވެގެން ގޮސްފައިވާ ބޮޑު މައްސަލައެއް ކަމަށާއި އެމައްސަލައަށް ހައްލު ހޯދުމަށް މިސަރުކާރުންވެސް ވަރަށް ގިނަ މަސައަކްތަތަކެއް ކުރައްވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.  

"އަޅުގަނޑު މިއަދު ދަންނަވަން ބޭނުން ވަނީ  އަދިވެސް، މިކަމަށް، ހުރިހާ ގޮތަކުން ވަށައިޖެހޭ ކަހަލަ ނިޒާމެއްގެ ދަށުން، ބޭނުންވާ ކަންތައްތައް އެންމެ ފުރިހަމައަށް އަދިވެސް އަޅުގަނޑުމެންނަށް ޤާއިމް ނުކުރެވޭ، މައްސަލައިގެ ބޮޑުކަމާއި، ކަންތައްތައް ކުރުމަށް ހުރި ދަތިކަމާއި އަދި އަޅުގަނޑުމެންގެ ވަޞީލަތްތަކާއި، މިހުރިހާ ކަމެއްގެ ސަބަބުން. އެހެން ނަމަވެސް މި 5 އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވަަރަށް ގާތުން ފެނިގެން މިދިިޔައީ، ސަޕްލައި ރިޑަކްޝަން، ޕްރިވެންޝަން، އަދި އެވެއަރނަސް އަދި މީގެ ޓްރީޓްމެންޓް ރިހެބިލިޓޭޝަން އަދި މީހުނަށް މަސައްކަތްތައް ދަސްކޮށްދިނުމަށްޓަކައިވެސް ޓްރޭނިންގ، އަދި މުޖުތަމަޢަށް ނެރުމަށްޓަކައިވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިއްޖެ."  

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެންމެ ބޭނުންވާ ވަރަށް އަދިވެސް ހުރީ މަސައްކަތްތައް ނުކުރެވިކަމަށެވެ. އެގޮތަށް އެމަނިކުފާނު ފާހަގަކުރައްވާ ސަބަބެެއްގެ ގޮތުގައި ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށްވެފައި އެކަމަށް އެކަށީގެންވާ ހައްލެއް ހޯދޭނީ، ހުރިހާ އެންމެންގެ ޝާމިލްވުން އޭގައި ހިމެނިގެން ކަމަށް ވާތީއެވެ. އަދި ދުވަހުން ދުވަހަށް ކޮށްލެވޭ ކަމަކުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ކުރިޔަށް ކުރަން ހުރި ކަންތައްތައް އަދި މާގިނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. 

މި ފަސްއަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތް ތަކުގެ ދަށުން، ވަށައިޖެހޭ މޮޑެލްއެއްގެ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް، ހައްދުންމަތީ ކަޅައިދޫ ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރެވެމުން އައި މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާނުލެވި އޮތުމަކީ ހިތާމަފުޅު ކުރައްވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވީ އައު ސަރުކާރާއި ގުޅިގެން އެކަންވެސް ކުރިޔަށް ގެންގޮސް ދެއްވުމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިދައުރުގެ ތެރޭގައި ފެށި ހިނގަމުންދާ ކަންކަންވެސް އިތުރަށް ފުރިހަމަކޮށް އައު ސަރުކާރާއި އެކުގައި ކުރިޔަށް ގެންގޮސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެދިވަޑައިގެންފައެވެ. 

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމަޢެއް ޤާއިމް ކުރުމަށް ފުލުހުންނާއިއެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.