Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

25 Oct 2023
ޚަބަރު

ގޭސްފުޅި ގޮވައި މަރުވި 2 މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

ހދ. މަކުނުދޫގައި، ވެލްޑިންކުރަން ގެންގުޅޭ ގޭސްފުޅިއެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މަރުވީ އިންޑިއާގެ 2 މީހުންނެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.  

އެ ދެ މީހުންގެ ވެސް ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ގޭސްފުޅި ގޮވިލެއް ބާރު ގަދަކަމުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަރަށް ދުރަށް ބުރައިގެން ގޮސްފައި ހުރިކަމަށް މަންޒަރުދުއް މީހުން ބުނެއެވެ. 

ފުލުހުން ބުނީ ބަލަން ޖެހޭ ކަންކަން ހުރުމުން ހަށިގަނޑުގެ ބައިތައް އާދީއްތަ ދުވަހު މާލެ ގެނައުމަށް ފަހު އާއިލާއާ ހަވާލުކުރަން އިންޑިއާ އަށް ފޮނުވާލީ އިއްޔެ ކަމަށެވެ.

މަރުވި ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްކުރާ ބިގް ފިޝް ކުންފުނީގެ ދެ މީހުންނެވެ.

ގޭސްފުޅި ގޮވުމުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސިފައިންނާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.