Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

26 Oct 2023
ޚަބަރު

ހަފްތާ ބަންދުގައި ފަލަސްޠީނަށް އެހީވުމަށް ބާއްވާ ގިނަ ހަރަކާތްތަކަކަށް އާބަންކޯއިން އެހީވަނީ

މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯއިން ނިންމައިފިއެވެ.

ފަލަސްތީނަށް އެހީވުމަށް ހަފްތާ ބަންދުގައި ތިން އިވެންޓެއް ބޭއްވުމަށް ރާވާފައިވާކަމަށް އާބަންކޯއިން ބުނެއެވެ. އޭގެ ތެރޭގައި ހިމެނޭ އިވެންޓް ތަކަކީ:

- އިލްމުވެރިންގެ ގުޅުން، ހިދުމަތް ޖަމްއިއްޔާއިން 26 އޮކްޓޯބަރގައި، ފޭސް 2 ހިޔާ ޕާރކްގައި “ފަލަސްތީނުގެހާލަތާއި މެދު"މި މައުޟޫއަށްދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕެނަލް ޑިސްކަޝަން- މޯމްސް އެން.ޖީ.އޯ އިން 27 އޮކްޓޯބަރގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑްރައިޒިންގ އިވެންޓް

- ކޭކް ޑޯނާރސް އިން 28،29،އަދި 30 އޮކްޓޯބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަންޑްރައިޒިން އިވެންޓް

އަރބަންކޯއިން ބުނީ އެ ކުންފުނީގެ އެދުމަކީ ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުންކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.