Advertisement

25 Oct 2023
ޚަބަރު

ނާޖާއިޒް ފައިދާ ލިބޭގޮތައް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ: ގަސަމް

ފޮރުވަންޖެހޭ، ނާޖާއިޒު މަންފާއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ. ޤަސަމް މިގޮތަށް ވިދާޅުވެފައިވަނީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ މުހިންމު ލިޔެކިޔުންތަކެއް ކޮންގްރިޓް އަޅާ މެޝިނަކަށް އަޅާ ނައްތާލިކަމަށްބުނެ ޝޯސަލް މީޑިއާގައި ދައުރުވި ވީޑިއޯއާއި ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ވަނީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް، ސިމެންތި ގަށާ މެޝިނަކަށް އަޅައި ނައްތާލަމުންދާ ވީޑިއޯއެއް އާއްމުވެފައެވެ. އަދި ބޮޑެތި ޖަންބޯ ބޭގްތައް ފުރެންދެން އަޅާފައިވާ ކަރުދާސްތައް އެ ވީޑިއޯގައި ފެނެއެވެ.

އެފް.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނަވާ ކޮށްފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކަރުދާސްތައް ނައްތާލީކަމަށް ފަތުރަމުންދާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް، އަސްލެއް ނެތް ވާހަކަތަކެއްކަމަށެވެ. މިހާތަނަށް މަޤާމުގައި ހުރެ ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައި އޮންނާނީ ކުންފުނީގެ ކުރިއެރުމަށްކަމަށް ޤަސަމް ވިދާޅުވިއެވެ. އަދި ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ލިބޭގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމަށް ޤަސަމް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ހޯމަ ދުވަހު އެފް.އެސް.އެމް އިން ނެރުނު ނޫސް ބަޔާނެއްގައިވެސް ބުނެފައިވަނީ، ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާކަމަށެވެ. ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ އަދި ކުންފުންޏަށް އިތުރަށް ބޭނުން ނުވާ ލިޔުންތައް ނައްތާލަމުން ގެންދާކަމަށެެވެ. މިކަމުގައި ދަޢުލަތުގެ އެއްވެސް އިދާރާއަކުން މަޢުލޫމާތު ސާފުކުރަން ބޭނުންނަަމަ، އެކަމަށްވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ކަމާއި ގުޅޭ ފަރާތްތަކުން އަންނަނީ އެކަން ބަލަމުންނެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ މިފަދަ ޢަމަލުތައް ނުހިންގުމަށާއި، އަދި މިގޮތަށް ކުންފުނިތަކުން ޢަމަލުކުރާނަން އެކަން ހުށައެޅުމަށްވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.