Advertisement

28 Oct 2023
ޚަބަރު

ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކުރަން މީހުން ތަމްރީންކުރަނީ

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މަޢުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދޭނެ ޓްރެއިނަރުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހުޅުވާލައިފިއެވެ. 

ސްޓެޓްސް ބިއުރޯއިން ވިދާޅުވީ، ބޯހިމެނުމުގެ ނަތީޖާއަށް ބިނާކޮށް އެ ބިއުރޯއިން އަތޮޅު ޕްރޮފައިލްތަކެއް ތައްޔާރުކުރަމުންދާކަމަށެވެ. އަދި މި މަޢުލޫމާތު އަތޮޅުތަކާއި ހިއްސާކޮށް، ރަށު ފެންވަރުގައި ބޯހިމެނުމުގެ މަޢުލޫމާތު ބޭނުންކުރަން ދަސްކޮށްދިނުމަށް އަތޮޅުތަކުގައި ތަމްރީން ކުރިއަށްގެންގޮސްދޭނެ 20 ޓްރެއިނަރުން ބޭނުންވާކަމަށެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު 2 ނޮވެމްބަރުގެ ނިޔަލަށް އެ ބިއުރޯއިން ވަނީ ހުޅުވާލާފައެވެ.

2022 ގެ ސެންސަސް ޑިސެމިނޭޝަންގައި ޓްރޭނަރެއްގެ ގޮތުގައި ހޮވޭ ފަރާތްތަކަށް 3 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީން ފުރިހަމަކުރުމަށްފަހު އަތޮޅުތަކުގައި 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓްސް ބިއުރޯއިން ވިދާޅުވެއެވެ. 

މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީން ދުވަސްވަރު އަދި މަސައްކަތުގައި ހޭދަވާ ދުވަސްތަކަށް އެލަވެންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެލަވަންސް ދޭނީ ތަމްރީން ފުރިހަމަކޮށް މަސައްކަތް ފުރިހަމަކޮށް ނިމުމުންނެވެ. މިކަމުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން 2 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ސްޓެޓްސް ބިއުރޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓްރޭނަރުންގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 

8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ސްޓެޓްސް ބިއުރޯއިން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރުމަހާއި ހަމައަށެވެ. އަދި ބޯހިމެނުމުން އެއްކުރެވުނު މަޢުލޫމާތުތައް މިއަހަރުގެ މާރިޗުމަހުގެ 30 ވަނަ ދުވަހު އެ ބިއުރޯގެ ފަރާތުން ވަނީ އާއްމުކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.