ޚަބަރު
ޚަބަރު
05 Nov 2023
ދުނިޔެ
މީހުން ދިރިއުޅެމުންދިޔަ 8،500 އިމާރާތް ބިމާ ހަމަކޮށްފައިވޭ: ދުވަސް 29
ޣައްޒާގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރ 7 އިން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 9،448 މީހުން މަރުވެފައިވާކަމަށް ކަށަވަރުކުރެވިފައިވޭ.
04 Nov 2023
ޚަބަރު
ކުޅުދުއްފުށިން މީހަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް ކަމަށެވެ. އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
04 Nov 2023
ޚަބަރު
ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކޮށްފި
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފުލެޓް ކަމަށެވެ.
03 Nov 2023
ޚަބަރު
ފެށޭ ދައުރުގައި ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސް ވިދާޅުވެއްޖެ
އިންތިޚާބީ ރައީސް ވިދާޅުވީ، ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެ ކަމަށެވެ.
03 Nov 2023
ޚަބަރު
މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތްކޮށްފި
މާލޭގެ އަމީނީ މަގާއި އައިޖީއެމްއެޗް ސަރަހައްދުގައި ވިއްސާރަ މޫސުމުގައި އާއްމުކޮށް ބޮޑަށް ފެންބޮޑު ވާތީ، އެސަރަހައްދުގައި ވަނީ ސްޓޯމްވޯޓަރ ޕަމްޕްތައްވެސް ބަހައްޓާފައެވެ. އެހެން ނަމަވެސް މިއަދު މާލޭގެ މަގުތަކުގައި ފެންބޮޑުވީ، ސްޓޯމްވޯޓަރ ޕަމްޕްތަކަށް އޮބި ނޯންނަ ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.
03 Nov 2023
ޚަބަރު
މިއަދު ޢަޒުމަކަށް ހަދަންވީ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުން - ރައީސް
އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުން ކަމަށެވެ. އަދި ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަޞްރު ލިބުމުގެ ސިއްރަކީ، އެގުޅުމުގެ ހަރުދަނާކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
03 Nov 2023
ޚަބަރު
މަސްހިފަން މޫދަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ، ރޭ ގއ ގެމަނަފުށީ ފަޅަށް ވަންނަ ސަރަައްދުގައެވެ. ހާދިސާގައި ނިޔާވެފައި ވަނީ، އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
02 Nov 2023
ޚަބަރު
ޔުނިސެފްގެ ރެޒިިޑެންޓް ރެޕްރެޒެންޓެޓިވް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު އެއް ދާއިރާކަން ފާހަގަކުރެއްވިއެވެ.
02 Nov 2023
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަަލަ އާދިއްތަ ދުވަހަށްވެސް އެޖެންޑާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވިގެން އުޅެނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ، ތަކުރާރުކޮށް މަޖިލީހަށް ސަލާމް ފޮނުއްވަމުން ގެންދަވާތީއެވެ. އީވާ މަޖިލީހަށް ސަލާމް ފޮނުއްވަމުން ގެންދަވަނީ، ޑެންގީހުންޖެހި ބަލި ރަނގަޅު ނުވާކަމަށް ބުނެއެވެ. އެހެން ނަމަވެސް އީވާ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވަނީ، ބޭބޭފުޅު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް މަޖިލީހުގައި ފުރުޞަތު ދޭން ބޭނުން ނުވާތީކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވައެވެ.
01 Nov 2023
ޚަބަރު
ބޭރުގެ ގިނަ ޔުނިވަސިޓީތަކަކާއިއެކު ހަފްތާ ބަންދުގައި އެޑިއުކޭޝަން އެކްސްޕޯއެއް
ބޭރުގެ ގިނަ ޔުނިވަރސިޓީތަކާއިއެކު މި ހަފްތާގައި "އިންޓަރނޭޝަނަލް ހަޔަރ އެޑިޔުކޭޝަން އެކްސްޕޯ 2023" ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއީ ޒީޑް އިންޓަރނޭޝަނަލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
01 Nov 2023
ޚަބަރު
މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތައް 1000 އާންމުންނަށް ދައުވަތު ދެނީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.
01 Nov 2023
ޚަބަރު
ފަލަސްޠީނަށް އެހީވުމަށް އަންނަ ހުކުރު ދުވަހު އާބަންކޯއިން ހާއްސަ ހަރަކާތެއް
މިމަހުގެ 3 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ފަންޑް ރައިސިންގް އިވެންޓެއް ބޭއްވުމަށް އާބަންކޯއިން ނިންމައިފިއެވެ.
01 Nov 2023
ޚަބަރު
ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފި
ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން އަނިޔާވެރި ހަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. މި ހަމަލާގައި އެތަކެއް މައުސޫމު ރައްޔިތުން ޝަހީދުވެ ގިނަ ބަޔަކު ޒަޚަމްވީ ޚަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށްވެސް މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓުގައި ލިޔުއްވާފައިވެއެވެ.
01 Nov 2023
ޚަބަރު
އީވާގެ ސަލާމާއިއެކު މަޖިލީހުގައި މަރުތަޅު އެޅިފައި، މިއަދުގެ ޖަލްސާވެސް ނުބޭއްވުނު
01 Nov 2023
ޚަބަރު
ތިލަފުށީގެ ދެވަނަ ފޭސްގެ ފުރަތަމަބައި ހިއްކައި ނިންމައިފި
އެކުންފުނިން ބުނީ، ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިމެނޭ އޭރިއާ ބީ ގެ ބިންހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށާއި އަދި އޭރިއާ އޭގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިގޮތުން، އޭރިއާ އޭގެ ބިންހިއްކުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިމެނޭކަމުގައި، އާބަންކޯއިން ވަނީ ބުނެފައެވެ. އޭރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖައްސާފައި ވަނީ، 71.5 ހެކްޓަރުގެ ސަރަހައްދެކެވެ.
31 Oct 2023
ޚަބަރު
ލެޕްރެސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމުގެ ޝަރަފް ރާއްޖެއަށް
މިލިޔުން ރާއްޖެއަށް ދީފައި ވަނީ، އިންޑިއާގެ ވެރިރަށް، ނިއުދިއްލީގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ރީޖަން ކޮންފަރެންސްގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން މިލިޔުމާއި ހަވާލުވެވަޑައިގެންނެވީ، ފޮރިންގ މިނިސްޓަރ އަހުމަދު ނަސީމެވެ.