Advertisement

ގެދޮރުވެރިޔާ މަޝްރޫޢުގެ ބައެއް ފްލެޓް އިމާރާތްތައް ---

05 Nov 2023
ޚަބަރު

ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ޕޮއިންޓް ދިން ގޮތާއި މެދު ގިނަ ބަޔަކު ނުރުހުންފާޅުކޮށްފި

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންނަށް ދޫކުރާ ފުރަތަމަ 4000 ފްލެޓްގެ ތެރޭގައި ނުހިމެނުނު ބައެއް މީހުން މިއަދު ވަނީ ހައުސިންގ މިނިސްޓްރީއަށް ވަދެ ނުރުހުން ފާޅުކޮށްފައެވެ. ނުރުހުން ފާޅުކުރި ގިނަ މީހުންގެ ޝަކުވާއަކީ، ޕޮއިންޓް ދީފައިވާ ގޮތް ސާފުވެފައި ނެތުމާއި، ޕޮއިންޓް މަދުވުމުގެ ޝަކުވާއެވެ. އަދި ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ހުށައަޅައިގެން ގިނައިން ޕޮއިންޓް ހޯދާފައިވާ ކަމަށާއި އަދި، ޕޮއިންޓް ދިނުމުގައި، ވަކިބަޔަކަށް ފްލެޓް ލިބޭ ގޮތަށް އޮޅުވާލާފައިވާކަމަށްވެސް ނުރުހުން ފާޅުކުރި މީހުން ވަނީ ތުހުމަތުކޮށްފައެވެ.

ހައުސިންގ މިނިސްޓްރީއަށް އެއްވި މީހުންނާއި ބައްދަލުކުރައްވައި، އެމިނިސްޓްރީީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި ވަނީ، ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލައިގެން ކަމަށެވެ. އަދި ޕޮއިންޓް ދިނުމުގައި އަމަލުކުރާ އުސޫލާއި މާކްސް ކުރިންވެސް މިނިސްޓްރީ ހާމަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ ދޫކުރާ 4000 ފްލެޓް ނުލިބޭ މީހުންގެ މައިގަނޑު ޝަކުވާއަކީ، ޕޮއިންޓް ދިނުމުގައި މިނިސްޓްރީ އިންސާފުވެރި ނޫންކަމެވެ. މިގޮތުން، އެއްހާލަތެއްގައިވާ ދެމީހަކަށް ދެމިންވަރަށް ޕޮއިންޓް ލިބިފައިވުމާއި އެނޫންވެސް އެފަދަ މައްސަަލަތައް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ މަޝްރޫޢުގެ ތެރެއިން ފްލެޓަށް ހުޅުވާލި ފުރުޞަތުގައި، 20000 ވުރެ ގިނަ މީހުން ފްލެޓަށް އެދި ހުށައެޅިއެވެެ. އޭގެތެރެއިން 13000 މީހުންގެ ޝަރުޠުހަމަވާކަމަށް ހައުސިންގ މިނިސްޓްރީން ކުރިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.