Advertisement

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ---

06 Nov 2023
ޚަބަރު

އިންތިޚާބީ ރައީސް އަބޫދާބީއަށް ވަޑައިގެންފި

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްލި ދަތުރުފުޅެއްގައި މިއަދު ޔޫއޭއީގެ އަބޫދާބީއަށް މިއަދު ވަޑައިގެންފިއެވެ.

އެމަނިކުފާނު މިއަދު އަބޫދާބީއަށް ކުއްލި ގޮތަކަށް ވަޑައިގެންނެވީ، އެޤައުުމުގެ ސަރުކާރުގެ ޚާއްޞަ ދައުވަތަކަށް ކަން އެނގިފައިވެއެވެ. އަދި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސަވަނީ، އެފަރާތުން ކަމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މިދަތުރުފުޅާ ގުޅޭ ގޮތުން އިންތިޚާބީ ރައީސްގެ އޮފީހުން މާގިނަ މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

މިހަފްތާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިންގަޕޫރަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅަކީ، ހުވާކުރެއްވުމުގެ ޖަލްސާއަށް ތައްޔާރުވެވަޑައިގެންނެވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމުގައި މީިޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެދަތުރުފުޅާއި ގުޅޭ ގޮތުންވެސް އިންތިޚާބީ ރައީސްގެ އޮފީހުން ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެެއެވެ.

މިހަފްތާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު، 16:45ގައި ޖުމްހޫރީ މައިދާނުގައެވެ. އެރަސްމިއްޔާތަށް ބޭރުގެ ޤައުމުތަކުގެ ސަރުކާރުތަކަށް ދަޢުވަތު ފޮނުއްވާފައިވާ ކަމުގައި އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.