Advertisement

ހުޅުމާލެ ފޭސް 2 ގައި އަޅަމުންދާ ފްލެޓްތައް ---

05 Nov 2023
ޚަބަރު

ޝަކުވާ ބޮޑުވުމާއިއެކު، ފްލެޓް ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ދޫކުރާ ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު، ފްލެޓްތައް ލިބޭ މީހުންގެ، ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ، ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދީފައިވާ ގޮތާއި ގުޅިގެން ގިނަ ބަޔަކު ނުރުހުންފާޅުކޮށް، ހައުސިންގ މިނިސްޓްރީއަށް ވަދެ އަޑުގަދަކޮށް ހަމަނުޖެހުންތައް ހިންގާފައި ވަނިކޮށެވެ. ފްލެޓް ދިންގޮތާއި މެދު ހިތްހަމަނުޖެހިގެން ހައުސިންގ މިނިސްޓްރީއަށް ވަތް މީހުން މައިތިރިކޮށްފައި ވަނީ އެމިނިސްޓްރީއަށް ފުލުހުން ގޮސްގެނެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލި އިރު، އެމިނިސްޓްރީން ބުނީ، މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ޝަކުވާ ހުށައެޅޭނެ ކަމަށެވެ. އަދި ޝަކުވާ ހުށައަޅަން ޖެހޭނީވެސް ޕޯޓަލް މެދުވެރިކޮށް ކަމުގައި، އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ، ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނޭ އެކަމަކު ފްލެޓަށް ޝަރުޠު ހަމަވެފައިވާ ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބޭނެ ކަމުގެ ލިޔުމެއް އެމިނިސްޓްރީން ދޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.