Advertisement

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިވެންޓެއްގައި ވާހަކަފުޅު ދައްކަވަނީ ---

03 Nov 2023
ޚަބަރު

ފެށޭ ދައުރުގައި ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސް ވިދާޅުވެއްޖެ

ކުރިޔަށް އޮތް ރިޔާސީ ދައުރުގައި، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ކުރެއްވި ޓްވީޓްގައެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ، ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެ ކަމަށެވެ.

ދިވެހި ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. އެދުވަހަކީ، ދިވެހި ޚާއިނުންތަކެއް ދިވެހި ދައުލަތުގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް، ހަތިޔާރާއި އެކު މާލެ އަރައި، ބޮޑު ލޭ އޮހޮރުވެއް ހިންގި ދުވަހެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެތޭ ފަތިހު، ތަމަޅަ ޓެރަރިސްޓުންގެ ބަޔަކާއި އެކު މާލެއަށް ހަމަލަދިނުމުގައި އެންމެ އިސްކޮށް ތިބީ، ހ. ހާޖަރާގޭ ޢަބުދުﷲ ލުޠުފީއާ، ސަގަރް އަހުމަދު ނާޞިރެވެ. އެދުވަހުގެ އުދުވާނުގައި، ދިވެހި ސިފައިންގެ ތެރެއިން 8 ބޭކަލުންނާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުކޮށްލިއެވެ.

ދިވެހި ސިފައިންގެ ރައްދު ހަމަލާތަކުގައި، ޓެރަރިސްޓުންގެ އެންމެ އިސް ތިން މީހުން ވަނީ، ހަމަލާތަކުގެ ފުރަތަމަ 3 ގަޑިއިރުގެ ތެރޭގައި މަރާލާފައެެވެ. އެ ޢުދުވާނީ ހަމަލާގައި ދިވެހީންނަށް ނަޞްރު ލިބުނުކަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫނު ޢިއުލާނު ކުރެއްވީ، ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 8:45ގައި ދިވެހި ރާއްޖޭގެ އަޑު މެދުވެރިކުރައްވައި ޤައުމާ މުޚާތަބު ކުރައްވަމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ 1989 އިން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް ވަރަށް ކުލަގަދަ ގޮތެއްގައި ނަޞްރުގެ ދުވަސް ފާހަގަކުރަމުން އައެވެ. 2008 ވަނަ އަހަރު އެމްޑީޕީއަށް ދިވެހިރާއްޖޭގެ ވެރިކަން ލިބުނު އިރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންގެ ތެރޭގައި، އެކި ސިފަސިފައިގައި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު މީހުން ތިއްބެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް އިންތިޚާބު ވުމާއިއެކު، ބަޔަކު، ހެންވޭރު ސަހަރާގައި އޮންނަ ނޮވެމްބަރު 3 ގެ ޝަހީދުންގެ ބިސްތާނަށް ގެއްލުންތައްވެސް ދިނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.