ޚަބަރު
12 Nov 2023
ދުނިޔެ
ހިޒްބުﷲގެ ލީޑަރު ބުނީ، އިސްރާއީލަށް ހަމަލާ ދިނުމުގައި ފަހަތަށް ނުޖެހި ތިބޭނެކަމަށް: ދުވަސް 36
ހިޒްބުﷲގެ ލީޑަރ ސައްޔިދު ޙަސަން ނަސްރުﷲ ބުނީ އި ޖަމާއަތުން އިސްރާއީލަށް ހަމަލާ ދިނުމަށް މުޅިން އައު ދެ ވައްތަރެއްގެ ހަތިޔާރު ބޭނުންކުރަމުން އަންނަކަމަށް. އަދި އިސްރާއީލަށް ހަމަލާ ދިނުމުގައި އެ ޖަމާއަތުން ވަރުގަދަކޮށް ތިބޭނެ ކަމަށް ވެސް ހާމަކޮށްފައިވޭ.
12 Nov 2023
ދުނިޔެ
އޮކްސިޖަން ނުލިބުމުގެ ސަބަބުން އަލް ޝިފާ ހޮސްޕިޓަލުން 44 ކުދިން މަރުވެއްޖެ
ގާޒާއަށް އަރާފައިވާ އިޒްރޭލުގެ ސަޙްޔޫނީ ސިފައިން ދަނީ، ގާޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދެމުންނެވެ. އަލްޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތައް ހުންނަ އިމާރާތަށްވެސް އިޒްރޭލު ސިފައިން ވަނީ ހަމަލާދީފައެވެ.
11 Nov 2023
ޚަބަރު
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާނުތައް ހުއްޓުވުމަށް އަނެއްކާވެސް ރާއްޖެއިން ގޮވާލައިފި
ޚާރިޖީ ވަޒީރު ޝާހިދުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ޢާންމުރައްޔިންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ޢައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާދިއުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
11 Nov 2023
ޚަބަރު
ރައީސްގެ ވާހަކަފުޅަށް މައުމޫނު ފާޑު ވިދާޅުވެއްޖެ
ރައީސް ޞާލިޙްގެ ވާހަކަފުޅަށް ފާޑު ވިދާޅުވެ، ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމުގައި ނުހަނު އިޙްތިރާމާއި އެކުގައި ދަންނަވާ ކަމަށެވެ.
11 Nov 2023
ޚަބަރު
އިންޑިއާ ސިފައިންގެ މައްސަލަ މަގުމަތިން ހައްލެއް ނުކުރެވޭނެ: އިންތިޚާބީ ރައީސް
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައަކީ އިންޑިއާއާ ވާހަކަ ނުދައްކައި ހައްލު ކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ވީހާ ވެސް ބޮޑަކަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަންކަމަށާއި އެއީ މަގުމަތިން ހާސިލުކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
11 Nov 2023
ޚަބަރު
ދިވެހި ރާއްޖެއަކީ ޚާއްޞަ މަޤާމެއް ލިބިފައިވާ ޤައުމެއް: މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މެސެޖުގައި، މިސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަޞައްވުރު، ސެކިއުރިޓީ އެންޑް ގްރޯތް ފޯރ އޯލް އިން ދަ ރީޖަން (އެސް.އޭ.ޖީ.އޭ.އާރް) ޤާއިމްކޮށްދިނުމުގައި ދިވެހިރާއްޖެއަކީ އިސްދައުުރެއް އަދާކުރާ ޤައުމެއް ކަމުގައިވެސް ވިދާޅުވިއެވެ.
11 Nov 2023
ޚަބަރު
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ
އެމްއެންޑީއެފުން ބުނީ، ބިންދައިގެން ގޮސްފައި ވަނީ، "އޯކިޑް 707" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެދޯންޏަކީ، ގއ ގެމަނަފުށީ ދޯންޏެކެވެ.
11 Nov 2023
ޚަބަރު
ޤައުމު އިސްކޮށްގެން މަސައްކަތް ކުރުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، ރާއްޖޭގެ ޖުމްހޫރީ ނިޒާމް މިއަދާއި ހަމައަށް ގެނެސްދިނުމުގައި، މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި، ހުރިހާ ވަޒީރުންނާއި، ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީތަކުން ވެރިންނާއި، ޖުމްހޫރީވެރިކަން މިއަދު މިއޮތް ހިސާބަށް ގެނެސްދިނުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަކަށްވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޝުކުރުއަދާކުރެއްވިއެވެ.
11 Nov 2023
ޚަބަރު
އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ރާއްޖެގެ އިޤުތިޞާދު ރަނގަޅު ކުރެއްވުމަށާއި، ކޯވިޑް-19 މެނޭޖު ކުރުމުގައި ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
11 Nov 2023
ޚަބަރު
ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަކީ އެންމެ ބޮޑު ހިތްހަމަޖެހުން: ރައީސް
ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާ ސުލްހަ މަސަލަސްކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
11 Nov 2023
ވިޔަފާރި
ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި ފަށައިފި
ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޙިދުމަތް ރާއްޖޭގައި ދޭން ފަށައިފިއެވެ. މިއާއެކު ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި ރާއްޖެވަނީ ހިމަނާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފެށި ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.
11 Nov 2023
ޚަބަރު
ބޭރުގެ އެންބަސީތަކުގައި ތިބި 61 މުވައްޒަފުން ރާއްޖެ އައުމަށް އެދެފި
ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާއަދާކުރަމުންދާ ބައެއް މުވައްޒަފުން އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ. މިގޮތަށް އަންގަވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
11 Nov 2023
ޚަބަރު
ވީއައިއޭގެ ގްރައުންޑް ހޭންޑްލައިންއަށް އިތުރު ވެހިކަލްތަކެއް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ގްރައުންޑު ހޭންޑްލިންގުގެ މަސައްކަތަށް އިތުރު ވެހިކަލްތަކެއް ގެނެސް ބޭނުން ކުރަން ފަށައިފިއެވެ.
10 Nov 2023
ޚަބަރު
ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ޤައުމާ މުޚާތަބު ކުރައްވާނެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރުގައެވެ.
10 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގެއިން ނުކުމެވަޑައިގެންނެވި އިރު، އަންނަ ހުކުރު ދުވަހަށް އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވާނެއެވެ.
09 Nov 2023
ޚަބަރު
މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންނަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައަޅައި ސްޕްރީމްކޯޓުން ޙުކުމްކޮށްފި
މިޙުކުމް އިއްވާފައި ވަނީ އެމައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މިމައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލިސް ބާއްވާފައި ވަނީ މިއަދު ހަވީރުގައެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީއެެވެ.