Advertisement

ރައީސް ޞާލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ --

11 Nov 2023
ޚަބަރު

ދިވެހި ރާއްޖެއަކީ ޚާއްޞަ މަޤާމެއް ލިބިފައިވާ ޤައުމެއް: މޯދީ

އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގައި ދިވެހިރާއްޖެއަކީ، ޚާއްޞަ މަޤާމެއް ލިބިފައިވާ ޤައުމެއް ކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބާގައި ފޮނުއްވި ތަޙްނިޔާގެ މެސެޖުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މެސެޖުގައި، މިސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަޞައްވުރު، ސެކިއުރިޓީ އެންޑް ގްރޯތް ފޯރ އޯލް އިން ދަ ރީޖަން (އެސް.އޭ.ޖީ.އޭ.އާރް) ޤާއިމްކޮށްދިނުމުގައި ދިވެހިރާއްޖެއަކީ އިސްދައުުރެއް އަދާކުރާ ޤައުމެއް ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިމެސެޖުގައި، މޯދީ ވިދާޅުވީ، ދެޤައުމުގެ ރައްޔިތުންގެ އިޖްތިމާޢީ، އަދި އިޤުތިޞާދީ ކުރިއެރުމަށްޓަކައި، ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންނަށް އަރުވާކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުން އެކިދާއިރާތަކުން ކުރިއަރައި އައު އުސްމިންތަކަކަށް ދެވޭނެކަމަށް ޤަބޫލު ކުރައްވާކަމުގައިވެސް މޯދީގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މެސެޖުގައި، ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާތައް އަރިސްކުރައްވައި ވިދާޅުވީ، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމަކީ، ތާރީޚާއި ޘަޤާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.