Advertisement

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް އޮންލައިން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

13 Nov 2023
ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހައި ހިދުމަތެއް އޮންލައިންކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފިއެވެ.

އަލަށް ތައާރަފްކުރި "ޓްރާންސްޕޯޓް އޮންލައިން" މެދުވެރިކޮށް އެ މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެއެވެ. އޭގެ ތެރޭގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިޙާ ހިދުމަތެއް ވެސް ހިމެނެއެވެ. މިނިސްޓްރީގެ ހިދުމަތްތައް މީގެ ކުރިން ހޯދުމަށް ފޯމު ޑައުންލޯޑު ކޮށްގެން ފުރައި ސްކޭންކުރުމަށްފަހު ޖެހެނީ އަޕްލޯޑު ކުރާށެވެ. 

"ޓްރާންސްޕޯޓް އޮންލައިން" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މިހިދުމަތަކީ ރައްޔިތުންނަށް ވަރަށް ފަސޭހަވެގެންދާނެ ހިދުމަތެއް ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ދިމާލެއްގައި މިހާރު ކުރިއަރައިގެން ނުވަތަ ކުރިއަރަމުންދާ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިޖިޓަލް ދުނިޔެއަކާ ދިމާއަށް ދިޔުން. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން އެކި އެކި އިދާރާތަކުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފައި ވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ އޮންލައިން ލައިސަންސް ތައާރަފް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
09 Apr 2025
މާލޭ ސިޓީ
މާލޭގެ ހެންވޭރު ޓާމިނަލުން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅަނީ
ތާރު އަޅަން ނިންމާފައިވާ ސަރަހައްދުގެ ދިގުމިނުގައި 830 މީޓަރު ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ތައްޔާރު ކުރުން ހިމެނެއެވެ.
09 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދަތުރުފަތުރުގެ ދާއިރާގެ ހާދިސާތައް ތަހުޤީޤުކުރަން ޚާއްޞަ އިދާރާއެއް އުފައްދަވައިފި
"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ އިދާރާ ހިންގަމުންދާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ދަށުންނެވެ.
09 Apr 2025
އެސްޓީއޯ
ގޭސް ގަތުމުގެ ބާރު އެސްޓީއޯއަށް ދީފި
ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
07 Apr 2025
ޖުޑީޝަލް ސަރވިސް ކޮމިޝަން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.