މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
15 May 2024
ޚަބަރު
ސަރުކާރުން ނުކުރާ ވިޔަފާރިއަކީ ޓެކްސީ ވިޔަފާރި: ޓެކްސީ ޑްރައިވަރުން
ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ޑިމާންޑަކީ، ޚިދުމަތުގެ ދަތުރުތަކުގެ އަގުތައް ބޮޑު ކުރުމެވެ. ޚާއްޞަކޮށް 6 މީހުންނަށްވުރެ ގިނައިން އުފުލޭ އުޅަނދުތަކުގައި ދަތުރުކުރުމަށް ނަގާ އަގު ސަރުކާރުން %40 ކުޑަކޮށްފައިވާ ކަމަށްވެސް ޝަމީމް ވަނީ ބުނެފައެވެ.
09 May 2024
ޚަބަރު
ހުއްދަ ނެތި ޓެކްސީ ކުރާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ޤަވާއިދާއި ޚިލާފަށް ޓެކްސީ ކުރަމުންދާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ހުއްދަ ނެތި ޓެކްސީ ކުރާ ބިދޭސީން ޖޫރިމަނާ ކުރާނޭ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން، ހުއްދަ ނެތި ޓެކްސީ ކޮށްފި ނަމަ 500ރ އަދި ހުއްދަނެތި ޕްރައިވެޓް ހަޔަރ ދަތުރު ކުރާނަމަ 750ރ އިން ޖޫރިމަނާ ކުރާނެ ކަމުގައި އެމިނިސްޓްރީން ވަނީ ބުނެފައެވެ.
10 Mar 2024
ޚަބަރު
ހަފްތާ ބަންދުގައި މާލޭ މަގުމަތިން 123 އުޅަނދެއް ނަގައި ނައްތާލައިފި
ބޭނުން ނުކޮށް ދިގު މުއްދަތަކަށް މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތައް ނައްތާލުން ހިމެނޭ ގޮތަށް، މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް ފެށީ، ހުސްވި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.
25 Feb 2024
ކުޅިވަރު
ހުޅުމާލޭގައި ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅުމަށް ބިން ހަވާލުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅިގެން ދާއިރު، މިއީ މި ކުޅިވަރުތަކުން ކުޅުންތެރިން އުފެއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. ޙާއްސަކޮށް ރާއްޖޭގައި ފުޓުސަލްގެ ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނައިރު، މި ކޮމްޕްލެކްސްގެ ސަބަބުން މިފަދަ މުބާރާތްތައް ހިންގުމަށާއި ކުޅިބެލުންތެރިންނަށް އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ.
22 Feb 2024
ޚަބަރު
މަގުތަކުން 56 އުޅަނދެއް ނަގައި ނައްތާލައިފި
އެމިނިސްޓްރީން ބުނީ މިފެބުރިއަރީ މަހުގެ 17 ވަނަ ދުވަހު، ފުލުހުންގެ ޚިދުމަތް، މާލޭ ސިޓީކައުންސިލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާއި ގުޅިގެން ފެށި ޕްރިގްރާމްގެ ދަށުން މަގުތަކުން ގިނަ އަދަދެއްގެ އުޅަނދު ނަގައި ނައްތާލެވިފައިވާ ކަމަށެވެ.
12 Feb 2024
ޚަބަރު
ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖޭގައި ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
03 Jan 2024
ޚަބަރު
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަނީ
ނާޒިމް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލުތަކެއް އެކުލަވާލެއްވުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް އެކަންކުރެއްވުމަށް ނިންމެވީ، ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިންނާއި އެހެނިހެންކަންކަމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
13 Nov 2023
ޚަބަރު
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހައި ހިދުމަތެއް އޮންލައިންކޮށްފި
ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފައި ވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ އޮންލައިން ލައިސަންސް ތައާރަފް ކޮށްފައެވެ.
28 Sep 2023
ޚަބަރު
ކަނޑު އުޅަނދު ލައިސަންސްވެސް ޑިޖިޓަލް ކުރަނީ
ކަނޑު އުޅަނދުތައް ދުއްވާ ފަރާތްތަކަށް ދޫކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިހާރު ކަނޑު އުޅަނދުތައް ދުވައްވާ ފަރާތްތަކަށް ލައިސަންސްގެ ގޮތުގައި ދޫކުރަނީ ފޮތަކާއި ލެމިނޭޓްކޮށްފައިވާ ކާޑެކެވެ.