Advertisement

ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު، ފޮޓޯ: އެޗްޑީސީ

25 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހުޅުމާލޭގައި ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅުމަށް ބިން ހަވާލުކޮށްފި

މުޖުތަމައުގައި ކުޅިވަރާއި، ދުޅަހެޔޮ ސިއްހަތަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، ހުޅުމާލޭގައި ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން، ފުޓްސަލް ކޮމްޕްލެކްސް އަޅާނީ ހުޅުމާލޭ ދިވެނަ ފިޔަވަހީގައެވެ. އަދި ނެޓުބޯޅަ ކޮމްޕްލެކްސް އަޅާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް ކޮންޕްލެކްސްއަކާއި ނެޓުބޯޅަ ކޮމްޕްލެކްސްއެއް އެޅިގެން ދާއިރު، މިއީ މި ކުޅިވަރުތަކުން ކުޅުންތެރިން އުފެއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. ޙާއްސަކޮށް ރާއްޖޭގައި ފުޓުސަލްގެ ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނައިރު، މި ކޮމްޕްލެކްސްގެ ސަބަބުން މިފަދަ މުބާރާތްތައް ހިންގުމަށާއި ކުޅިބެލުންތެރިންނަށް އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ.

‏މި ދެ ކޮމްޕްލެކްސް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކޮމްޕްލެކްސްތައް އެޅުމަށް ބިން ކަނޑައަޅާފައި ވާކަމުގެ ހަބަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ، މި މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.