Advertisement

ޓްރާންސްޕޯޓް މިނިސްޓަރ އަމީނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން --

26 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޓްރާންސްޕޯޓު މިނިސްޓަރު އަމީން ސަޢޫދީއަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ހިޒް އެކްސެލެންސީ ޞާލިހު ބިން ނާސިރު އަލްޖަސިރާއި، އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް ހިޒް އެކްސެލެންސީ އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުގައި ދެ ޤައުމު ދެމެދު އޮތް މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ޤާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމުގައި އެމިނިސްޓްރީންް ވިދާޅުވެއެވެ. 

މިނިމުނު ހަފްތާގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރުވެސް ވަނީ، ސަޢޫދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރު، ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ ދައުވަތަކަށް އެޤައުމަށް ޒިޔާރަތް ކުރައްވާފައެވެ. ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ މިދަތުރުފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ސަޢޫދީޢަރަބިއްޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާންއަށް ފޮނުއްވެވި ސިޓީފުޅު އެމަނިކުފާނަށް ރައްދުކުރެއްވުމަށްޓަކައި ސަޢޫދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރުގެ އަތްޕުޅަށް އަރުއްވާފައެވެ.

ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، ރާއްޖެއަށް ބޭރުގެ އެހީ ލިބޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިހާތަނަށްވެސް އެއްވެސް ޤައުމަކުން ފައިސާގެ އެހީއެއް ދީފައިވާ ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.