Advertisement

28 Sep 2023
ޚަބަރު

ކަނޑު އުޅަނދު ލައިސަންސްވެސް ޑިޖިޓަލް ކުރަނީ

ކަނޑު އުޅަނދުތައް ދުއްވާ ފަރާތްތަކަށް ދޫކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިހާރު ކަނޑު އުޅަނދުތައް ދުއްވާ ފަރާތްތަކަށް ލައިސަންސްގެ ގޮތުގައި ދޫކުރަނީ ފޮތަކާއި ލެމިނޭޓްކޮށްފައިވާ ކާޑެކެވެ.

އެއްގަމު އުޅަދުފަހަރު ދުއްވަމުގެ ލައިސަންސްވެސް މިހާރު ވަނީ ޑިޖިޓަލައިޒްކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ލައިސަންސް ޓެސްޓްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ކަނޑު އުޅަނދުތައް ދުއްވުމުގެ ލައިސަންސް ޑިޖިޓަލްވުމާއެކު މުޅި ލައިސަންސް ބަދަލުވެގެންދާނެކަމަށާ، އީ-ލައިސަންސް ދޭ ކެޓަގަރީތަކާއި ފީތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިހާރު ދޫކުރާ ލައިސަންސް ހެއްދުމަށް 25 ރުފިޔާ ނެގިނަމަވެސް ޑިޖިޓަލް ލައިސަންސަކަށް ބަދަލުކުރުމުން ފީއެއްގެ ގޮތުގައި 250 ރުފިޔާ ނަގާނެއެވެ.  

މިހާރު ހުރި ކެޓަގަރީތަކުގެ އިތުރަށް ބާރު ސްޕީޑްގައި ދަތުރުކުރާ އުޅަނދުފަހަރަށް ވަކި ޚާއްސަ ކެޓަގަރީއެއް އޮންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދުވަސްވީ މީހުންނަށް ދޫކޮށްފައިވާ ލައިސަންސް އަޕްގްރޭޑް ކުރުމަށް އުނދަގުލެއް ނުވާނެކަމަށާއި އެކަމަށްވެސް ޚާއްސަ ކެޓަގަރީއެއް އޮންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ ކުރިން ވަކި ތިއަރީއަކާއި ޕްރެކްޓިކަލް ޓެސްޓެއް ހެދުމުން ނޫނީ ލައިސަންސް ލިބޭގޮތް އުވާލާ ނިއަމިކަމުގެ ކޯސްތައް ފުރިހަމަކުރުމާއި ދުއްވުމުގެ އިމްތިހާން ފުރިހަމަކުރުމުން ލައިސަންސްލިބޭ ގޮތްވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޑިޖިޓަލް ލައިސަންސް ތަޢާރަފްވުމާއެކު ރާއްޖޭގެ ހުރިހާ ރަށަކުން ލައިސަންސް ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.