Advertisement

ޤަވާއިދާއި ޚިލާފު އުޅަނދުތައް ބަހައްޓަން ކަނޑައެޅި ބިން ހަވާލު ކުރުން --

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފު ވެހިކަލްތައް ބާއްވަން ކަނޑައެޅި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފި

ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެެއްޓުމަށްޓަކައި ހަމަޖެހިފައިވާ ބިން އެޗްޑީސީންް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

އެބިމަކީ ހުޅުމާލެ ފޭސް 2 ގައި، އަލަށް އަޅަމަުން އަންނަ ފްލެޓްތައް ކައިރީގައި އޮތް 40،000 އަކަފޫޓުގެ ބިމެކެވެ. މިބިމުގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުގެ 200 ވަރަކަށް އުޅަނދު ޕާކުކޮށްފައި ބޭއްވޭނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިބިން ހަވާލުކުރުމަށް ބުދަ ދުވަހު ވަނީ، އެސަރަހައްދުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ބިން ހަަވާލު ކުރި ކަމުގެ ލިޔުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އާއި ހަވާލުކޮށްދެއްވީ، އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މާލެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި، ރަޖިސްޓްރީ ނުކުރެވި ހުރި ވެހިކަލްތަކާއި، އަދި ޒޯން އޮޅުވާލައިގެން ގެންގުޅެމުންދާ ވެހިކަލްތަކާއި، އަދި ނުބައި ނަމްބަރު ޕްލޭޓް އަޅުވައިގެން ގެންގުޅޭ ވެހިކަލްތައް އެ ބިމަށް ގެނެސް ބަހައްޓަން ޖެހޭނެ ކަމަށެވެ.

އަދި ޕާކުކުރުމަށް ކަނޑައެޅި އެސަރަހައްދަށް ގެނެސްފައި ހުންނަ ވެހިކަލްތައް ޓޯވ ނުކުރާނެ ކަމަށާއި، އެތަނަށް ވެހިކަލްތައް 40 ދުވަހުގެ ތެރޭގައި ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެތަނުގައިވެސް އުޅަނދުތައް ބެހެއްޓޭނީ ގިނަވެގެން 6 މަސް ދުވަސް ވާންދެން ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޤާނޫނާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، އުޅަނދުތަކުގެ ވެރިފަރާތްތަކަށް މުހުލަތު ދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.