Advertisement

ބައު ކާރެއް ނަގައިނައްތާލުމަށް ގެންދަނީ -- ފޮޓޯ: ޓްރާންސްޕޯޓް

22 Feb 2024
ޚަބަރު

މަގުތަކުން 56 އުޅަނދެއް ނަގައި ނައްތާލައިފި

މާލެ އާއި ހުޅުމާލޭގެ މަގުތައް މައްޗަށް ދޫކޮށްލާފައި ހުރި ބައު އުޅަނދުތައް ނައްތާލުމަށް، ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ހަތަރުފުރޮޅުލީ 56 އުޅަނދެއް ނައްތާލާފައިވާ ކަމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ މިފެބުރިއަރީ މަހުގެ 17 ވަނަ ދުވަހު،  ފުލުހުންގެ ޚިދުމަތް، މާލޭ ސިޓީކައުންސިލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާއި ގުޅިގެން ފެށި ޕްރިގްރާމްގެ ދަށުން މަގުތަކުން ގިނަ އަދަދެއްގެ އުޅަނދު ނަގައި ނައްތާލެވިފައިވާ ކަމަށެވެ.

މިކަމަކީ، މާލެސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި ފަށާފައިވާ މަސައްކަތެއް ކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިގޮތުން، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލާނެކަން އެމިނިސްޓްރީ އާއްމުކޮށް އަންގައި އިއުލާނުކުރީ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތައް މަތީގަޔާއި ހުސްބިންތަކުގައި އަދި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ބައު އުޅަނދު ފަހަރާއި ޤަވާއިދާ ޚިލާފަށް ބޭނުންކުރާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕާކުކޮށްފައި އޮތުމުގެ ސަބަބުން އެކުގެ ދަތިކަން އާއްމު ފަރާތްތަކަށްވެސް އަންނަނީ ފޯރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.