Advertisement

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން --

30 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފަށް ބައެއް ކައުންސިލްތަކުން ލައިސަންސް ދޫކުރަމުންދާ ކަމުގައި ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވެއްޖެ

ލައިސަންސް ދޫކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ބައެއް ކައުންސިލްތަކުން ޤަވާއިދާ ޚިލާފަށް އަދި އެސެސްކުރުމެއްނެތި ލައިސަންސް ދޫކުރަމުންދާ ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ، ބައެއް ކައުންސިލްތަކުން ކަނޑައެޅިފައި އޮތް މިންގަނޑުން ބޭރުން އަދި އެސެސްކުރުމެއް ނެތި، ލައިސަސް ދޫކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތެއް ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުގެ ސިޔާސަތަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުން ނޫންކަމަށާއި، އެކަންކަން ހައްލުކުރުމަށް މިނިސްޓްރީގެ ތެރޭގައި ނިޒާމެއް ޤާއިމްކުރަމުންދާ ކަމަށެވެ.

"މިޕްރޮސީޖަރ ހެދުމަށްފަހު، އޮޑިޓްކޮށްފައި އެބޭފުޅުންގެ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް އެންގުމަށް ފަހު، ވަގުތު ދީފައި އަދި އެ ރަނގަޅު ނުކުރެވޭ ކަމަށް ވަންޏާމު، އަޅުގަނޑުމެން އެދީފައި އޮންނަ އެކްސެސް ނޫނިއްޔާމު، އަޅުގަނޑުމެން ދީފައި އޮންނަ ހުއްދަ ބާޠިލްކުރާ ހިސާބަށްވެސް ގޮސްދާނެ. އެކަމަކު އަޅުގަނޑުގެ އުއްމީދަކީ، އިރާދަކުރެއްވިއްޔާ ނުވާނެ ކަމަށް. އެއީ އަޅުގަނޑުމެން ޤަވާއިދުން ކޮންޓިނުއެސް އޮޑިޓް ހެދޭ ކަމަށް ވަންޏާމު ކައުންސިލްތަކުންވެސް ކުރައްވަމުންގެންދާ މަސައްކަތްތަަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ"

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން 

މިނިސްޓަރ އަމީން ވިދާޅުވީ، އެއްގަމު އުޅަނދުފަހަރުގެ ލައިސަންސްފީވެސް މިހާރު ކައުންސިލްތަކަށް ލިބޭ ގޮތަށް ޕޯޓަލްއިން ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަތޮޅުތަކުގައި ލައިސަންސް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ކައުންސިލްތަކުން، އެއްގަމު އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގައި، ޓްރާންސްޕޯޓުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޤަވާއިދާއި އެއްގޮތަށް އަމަލު ނުކުރާކަން އެނގޭ ކަމުގައި މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ކައުންސިލްތަކަކީ ކޮބައިކަމެއް އަދި މިހާތަނަށް އެކައުންސިލްތަކާއި މެދު އަޅުއްވާފައިވާ ފިޔަވަޅަކީ ކޮބައިކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
މިއަދު
ޓްރާސްޕޯޓުމިނިސްތްރީއަށް ބަދަލުކޮށްލާ ތިތަނުން އެކަންކުރަނީ ސިއްދީގުން
30 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.