Advertisement

މާލޭގެ މަގުމަތި --

15 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުން ނުކުރާ ވިޔަފާރިއަކީ ޓެކްސީ ވިޔަފާރި: ޓެކްސީ ޑްރައިވަރުން

ސަރުކާރުން ނުކުރާ ވިޔަފާރިއަކީ، ޓެކްސީގެ ވިޔަފާރި ކަމަށާއި އެހެނަސް މިހާރު އެމްޓީސީސީ ބޭނުންކޮށްގެން ސަރުކާރުން އެވިޔަފާރީގެ ތެރެއަށް ވަދެފައިވާ ކަމުގައި ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ބައެއް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެކްސީ ޑްރައިވަރެއް ކަމުގައިވާ، އިބްރާހިމް ޝަމީމް ބުނީ، ސަރުކާރުން ކުރާކަމަކީ، ޓެކްސީ ޑްރައިވަރުންނަށް އާއްމުންނަށް ޚިދުމަތް ދިނުން ދަތިކޮށް ޖެއްސުން ކުރުން ކަމަށެވެ. އަދި ޓެކްސީގެ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި އޭނާ ބުންޏެވެ. އޭނާ ބުނީ ޓެކްސީގެ ޚިދުމަތާއި ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއާއި އެކު އެކިފެންވަރުގައި ދިޔައީ މަޝްވަރާކުރަމުން ކަަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ޑިމާންޑަކީ، ޚިދުމަތުގެ ދަތުރުތަކުގެ އަގުތައް ބޮޑު ކުރުމެވެ. ޚާއްޞަކޮށް 6 މީހުންނަށްވުރެ ގިނައިން އުފުލޭ އުޅަނދުތަކުގައި ދަތުރުކުރުމަށް ނަގާ އަގު ސަރުކާރުން %40 ކުޑަކޮށްފައިވާ ކަމަށްވެސް ޝަމީމް ވަނީ ބުނެފައެވެ.

"މިމައްސަލަ ފެށުނު ހިސާބަކީ، ސަރުކާރުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ސަރުކާރުން ނުކުރާ ހަމައެކަނި ވިޔަފާރިއަކަށް އޮތީ ޓެކްސީގެ ވިޔަފާރި އެކަނި. އިނގޭތޯ؟ އެހެން ހުރިހާ ވިޔަފާރިއެއްގެ ތެރޭގައި، ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ވަނީ ޝާމިލްވެފައި. އެހެންވީމާ ވަރަށް ދުރާލައި ސަރުކާރުން މިއޮތީ، ޓެކްނީ ނިޒާމް ސަރުކާރުން ޓޭކްއޯވަރ ކުރުމަށްޓަކައި، މާބޮޑަށް ދުރާލައި ތައްޔާރުވެފައި. އެންމެ ފުރަތަމައިނުން މިކަމަށް މަގު ފަހި ކުރުމަށްޓަކައި، ސަރުކާރުން ކުރި ކަމަަކީ، އެއާޕޯޓުގައި ދަތުރު ކުރަމުން ދިޔަ ފަސިންޖަރުންނަށާއި އެއާޕޯޓުގައި، ދަތުރުކުރަމުންދުޔަ ޓެކްސީތަކަށް، އުނދަގޫ ކުރުމުގެ މަރުހަލާއެއް ފުރަތަމަ އުފެއްދީ"

އިބްރާހިމް ޝަމީމް --

ޝަމީމް މިހެން ބުނި ނަމަވެސް މީގެ ހަފްތާއެއްގައި ދުވަސްކުރިން ސަރުކާރުން އެއާޕޯޓުގައި ފިޔަވަޅުތައް އެޅީ، ޓެކްސީ ކުރާ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ޢަަމަލުކުރުން އާއްމުވެ އާއްމުންގެ ޝަކުވާތައް ބޮޑުވެފައިވާތީ އެޅި ފިޔަވަޅެކެވެ.

އަދި ސަރުކާރުން ހުޅުލޭ އެއާޕޯޓު ޓެކްސީ ކިއޫއަށް ގެނައި ބަދަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ބައެއް ޓެކްސީ ޑްރައިވަރުން، ދަތުރުތައް ކުރުމަށް އެއާޕޯޓަށް ވަނުން ހުއްޓާލިއެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނަށް އިތުރު އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ ސަަބަބުން އެމްޓީސީސީން ކުރާ ވޭން ދަތުރުތައް އެއާޕޯޓުގައި ވަނީ އިތުރުކޮށްފައެވެ.

ޓެކްސީ ޑްރައިވަރުން ވަނީ، މިމަހުގެ 14 ވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާނު ކުރި އަގުތައް ބަލައި ނުގަންނަ ކަމަކަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.