Advertisement

ޓެކްސީއެއް ބޮޑުތަކުރުފާނު މަގުގައި --

15 May 2024
ޚަބަރު

ޓެކްސީގެ އަގުތަކުގައި ސީޕްލޭން ޓަރމިނަލްއިން ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައަޅާފައެއް ނެތް

ސަރުކާރުން އަލަށް ކަނޑައެޅި ޓެކްސީ އަގުތަކުގެ ތެރޭގައި، ސީޕްލޭން ޓަރމިނަލްއިން ކުރާ ދަތުރުތައް ހިމަނާފައި ނުވާކަމުގައި ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ބުނީ، މެއި 14 ވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން އަގުތައް ރިވައިސްކޮށް އިއުލާނުކުރި އިރުވެސް ޓީއެމްއޭއިން ކުރާ ދަތުރު (ސީޕްލޭން ޓަރމިނަލުން ކުރާ ދަތުރު)ގެ އަގު ކަނޑައަޅާފައި ނުވާ ކަމަށެވެ. އެެހެންވެ އެ ދަތުރުތަކަށް ޓެކްސީތަކުން އަމިއްލަ އަގެއް ނެގުމަކީ ޓެކްސީ ޑްރައިވަރުންގެ މައްސަލައެއްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

އޭނާ ބުނީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލީމާ އެކަމުގެ ސަބަބުން ފިތުނަވެރިކަން އުފެދެމުންދާކަމަށެވެ. މީގެ އިތުރުން އެޓެކްސީ ޑްރައިވަރު ވަނީ، އާއްމުން ޓެކްސީ ޑްރައިވަރުންނާއި މެދު އަދި ޓެކްސީ ޚިދުމަތާއި މެދު ފާޅުކުރާ ޝުއޫރުތަކަކީ ސަރުކާރުން ކުރުވާ ކަމެއްގެ ގޮތުގައިވެސް ތުހުމަތުކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ، ގްރޭޓާ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އެއަގުތަކަށް 20 މެއި 2024 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އިއުލާނުކޮށްފައެވެ.

މިގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އިއުލާނުކޮށްފައިވާ އަގުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.