Advertisement

ސިނަމާލެ ބްރިޖު --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހުއްދަ ނެތި ޓެކްސީ ކުރާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި

ރާއްޖޭގައި ހުއްދަ ނެތި ޓެކްސީ  ކުރާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިހެން ބުނެފައި ވަނީ، ޓެކްސީ ޚިދުމަތާއި ގުޅިގެން އާއްމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި  ގުޅޭ ގޮތުން އެމިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ޤަވާއިދާއި ޚިލާފަށް ޓެކްސީ ކުރަމުންދާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ހުއްދަ ނެތި ޓެކްސީ ކުރާ ބިދޭސީން ޖޫރިމަނާ ކުރާނޭ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން، ހުއްދަ ނެތި ޓެކްސީ ކޮށްފި ނަމަ 500ރ އަދި ހުއްދަނެތި ޕްރައިވެޓް ހަޔަރ ދަތުރު ކުރާނަމަ 750ރ އިން ޖޫރިމަނާ ކުރާނެ ކަމުގައި އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި މިވަނީ އެއާޕޯޓު ޓެކްސީ ކިއު އާއި ގުޅޭ ގޮތުން އާއްމު މީހަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރުމާއި ގުޅިގެން އެމައްސަލައިގައ އަޅަންފެށި ފިޔަވަޅު ތަކުގެ ތެރެއިންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖޭގައި، ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހިންނާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީންނަށް ކަމަށެވެ.

ކޮމެންޓް
ޟޮކޭ
ޑީޕޯޓް ކުރަންވީ....
11 May 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.