Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

11 Nov 2023
ޚަބަރު

އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެ: ރައީސް

ރާއްޖޭގެ އިޤްތިޞާދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ، ދިވެހިންގެ އަމިއްލަވަންތަކަން، ޖީލުތަކަށް ވާރުތަކުރުމުގެ އަސާސް ކަމަށާއި، އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ރާއްޖެގެ އިޤުތިޞާދު ރަނގަޅު ކުރެއްވުމަށާއި، ކޯވިޑް-19 މެނޭޖު ކުރުމުގައި ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ކޯވިޑް-19ގެ ހާލަތު މެނޭޖްކުރުމުގައި ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތިނުވެ ލިބޭނެގޮތް ކަށަވަރުކޮށް، އަދި ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްދާނެ ގޮތްތައް ހޯއްދެވި ކަމަށެވެ. އަދި ވަޒީފާ ގެއްލި، އާމްދަނީ ނާޒުކު ޙާލަތަށްދިޔަ އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ސަރުކާރުން އެހީވެ، ބިލް ނުދެއްކިގެން ކަރަންޓާއި ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރު ކުރެއްވި ކަމަށާއި، ބޭހެއް، ވެކްސިނެއް، ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެ އަހަރަށް ދެމިގެންދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ކޯވިޑް-19 އަކީ އާންމުކޮށް ދައުލަތުގެ ހުރިހާ ޚިދުމަތްތެރިންގެ ޤުރްބާނީ ޤައުމަށް ވެދުންކުރި ކާރިސާކަމަށާއި، އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ޤައުމަކުން ފެންނާނެ އެންމެ ރީތި މިސާލުކަމަށެވެ. 

މިދައުރުގެ ތެރޭގައި އިޤުތިޞާދީ ގޮތުން ކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރު އައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ އޮތީ ބިންގާ ކަމަށެވެ. އަދި ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް ގެނެސް މަޝްރޫޢު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ މިސަރުކާރުން ހޯދިކަމަށާ، އެ ގެނެވުނު ބަދަލުތަކާއެކު، ނިމެމުން އެދާ ހިތްގައިމު ޓަރމިނަލްގެ ޙަޤީޤީ ސިފަ، ހުޅުލޭގެ މަލައިން މިހާރު ފެންނަން ހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަސައްކަތް ނިމޭއިރު އެ ޓަރމިނަލް ވެގެންދާނީ، މި ސަރަޙައްދުގެ އެންމެ ހިތްގައިމު އެއް ޓަރމިނަލަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަނިމާދޫގައި އަލަށް އަޅާ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުން. އައްޑޫގެ އިޤްތިޞާދީ ތަރައްޤީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ޢަމަލީ މަޝްރޫޢު އެދަނީ ކުރިއަށް. ހަމައެއާއެކު، އައްޑޫގެ މުސްތަޤްބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށްފިން. އިޤްތިޞާދީ އިތުރު ފުރުޞަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފިން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

މަސްވެރިކަމުގެ ދާއިރާއިން، ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ކުރިއެރުވުމަށް މީގެ ކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަކަމަށެވެ. އަދި މިދައުރުގެ ތެރޭގައި މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖެއަށް މި ގެންނަ އިޤްތިޞާދީ ބޮޑުބަދަލު ފުރިހަމަވުމުން، 2028 ވަނަ އަހަރާ ހަމައަށްދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވެ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Sep 2024
ޚަބަރު
މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ ދަފްތަރު ނަމްބަރު 5624، އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް (30އ) ކަމަށެެވެ.
16 Sep 2024
ޚަބަރު
މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި ފޭރުނު ބަޔަކަށް ދައުަވާކުރަން ފޮނުވައިފި
މިގޮތުން، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ރާވައިގެން މީހަކު ގެސްޓް ހައުސަކަށް ގެންގޮސް ފޭރުނު ދެމީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޭރުމުގެ އެ ޢަމަލު ހިންގި ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.
16 Sep 2024
ޚަބަރު
ޕީޖީގެ މަޤާމައް ޢައްބާސް ޝަރީފް ޢައްޔަނުކުރުމަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
އެކޮމިޓީން މިއަދު ވަނީ، އައްބާސް ޝަރީފާއި އިންޓަރވިއުކޮށްފައެވެ. މިގޮތުން، އިންޓަރވިއު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި، ކޮމިޓީގެ މުޤައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ޢައްބާސް ޝަރީފްގެ ޝަރުޠު ހަމަވާކަމަށާއި އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވުމާއު ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޓަވިއުގައި މެމްބަރުން މާކްސް ދެއްވި ގޮތަށް ބަލާއިރު ޢައްބާސް ޝަރީފަށް، %93.7 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި ކަމުގައިވެސް ކޮމިޓީގެ މުޤައްރަރު ވިދާޅުވިއެވެ.