Advertisement

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް. ފޮޓޯ: ރައީސް އޮފީސް

11 Nov 2023
ޚަބަރު

ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަކީ އެންމެ ބޮޑު ހިތްހަމަޖެހުން: ރައީސް

ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާ ސުލްހަ މަސަލަސްކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.

ޤައުމާ މުޚާޠަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކުށްކުރާ ގްރޫޕްތަކާއި، ޑްރަގްގެ ވިޔަފާރިއާއި ދެކޮޅަށް އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް މި ފަސް އަހަރުގެ ތެރޭގައި ކުރައްވަން ޖެހިވަޑައިގެންނެވިކަމަށެވެ. މި މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދާކުރި ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ޤައުމަށް ކޮންމެހެން ބޭނުންކަމެއްކަމަށެވެ. އެގޮތުން ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިދެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި އެ މަޤާމަށް ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރުމުގެކުރިން ޤައުމު އޮތް ހާލަތު ތަފާތުކަމަށާއި، ރައްޔިތުން އެދުނީ މަޤުމަތީގެ ނާމާންކަމާއި، ހަލަބޮލިކަން ނައްތާލާ ހަމަޖެހުން ގެނައުމަށްކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވީ ސަރުކާރާ ޚިޔާލުތަފާތުވުމުގެ އަގު ޖަލު އަނިޔާއިން ދައްކަންޖެހުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތާލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި އަސާސީ ހައްގުތަށް ހޯދުމަށް. ޑިމޮކްރަސީއާއި އިންސާނީ ކަރާމާތާ މިނިވަން ސިޔާސީ މާހައުލެއް ރާއްޖެއަށް ގެނައުމަށް." ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ހިތާބުގައި ރައީސް ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ހިނގަމުން ދަނީ ހަމައެކަނި މިފަހަރު ކަމަށެވެ. 

ރައީށް ވިދާޅުވީ މީގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން މީގެ ކުރިން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ. މީގެ ފަހުން ބާއްވާ ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހުގައި ވެސް ވެރިކަން ބަދަލުވުމުގެ ކަންކަން މިގޮތަށް އޮމާންކަމާ އެކީގައި ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހަބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުންދާ ތަން ދިވެހި ރައްޔިތުން ދެކޭހިތް ވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.