Advertisement

12 Nov 2023
ޚަބަރު

ބ. އަތޮޅުގައި އެންމަޑި އުޅޭ 2 ސަރަހައްދެއް ހިމާޔަތްކޮށްފި

އެންމަޑީގެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅު ނެލިވަރާއި ހުރާފަރަކީ ހިމާޔަަތްކޮށްފައިވާ ސަރަހައްދެއް ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަމެންޓް އެންޑް ކްލައިމެޓް ޗޭންޖުން ހަމަޖައްސަވައިފިއެވެ. 

ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫ އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ފިނޮޅު އޮންނަ ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދެކެވެ. މިގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް 119 ފަހަރު 105 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު، އެއީ އެންމަޑި އާލާވުމާއި ވިހެއުށް މުހިންމު ސަރަހައްދެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ހިސާބުގެ އެންމެ ހާއްސަ ސިފައަކަށް ފާހަގަކޮށްލެވޭ ކަމަކީ މިތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންވާ 'ކްލީނިން ޝްޓޭޝަނެއް' ހުންނައިރު ނެލިވަރު ފިނޮޅަކީ އައިންމަތީ ދޫނިގެ މުހިންމު މާހައުލަކަށްވުމެވެ.

ހުރާފަރު ސަރަހައްދަކީ ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ އެންމަޑީގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގައި އެންމަޑީގެ ދިރުންތައް އާލާވެ އެންމަޑީގެ ކާނާ ހޯދުމަށް ފަސޭހަ ހިސާބެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 436 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު ހުރާފަރު ފިނޮޅަކީ ވެސް އައިންމަތީ ދޫނީގެ މާހައުލެކެވެ.

އެ މިނިސްޓްރީން ވިދާޅުވީ ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ އެންމެ ބޮޑު އާބާދީއެއް އުޅޭ ތަނަށް ވުމުން ނެލިވަރާއި ހުރާފަރު ހިމާޔަތްކޮށްފައިވަނީ އެ ތަކެތި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައިކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހިމާޔާތްކޮށްފައިވާ މި ދެ ސަރަޙައްދުގައި ކުރުން މަނާކަންތައްތައްވެސް އާންމުކުރައްވާފައެވެ. އެގޮތުން އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި، ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާ ކުރުމާއި އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމާއި، އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރގެ މަސައްކަތްފަދަ ކަންކަން ކުރުމަކީވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ވަކި ވަގުތެއްގައި ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރުމާއި، ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރެވޭނެއެވެ. އަދި ދިރާސާކުރުމުގެ އިތުރުން ރިހެބިލިޓޭޝަނަށް މަސައްކަތްވެސް ކަނޑައަޅާފައިވާ އުޞޫލްގެ މަތިން ކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.