Advertisement

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ޓީމް މުއިއްޒު

11 Nov 2023
ޚަބަރު

އިންޑިއާ ސިފައިންގެ މައްސަލަ މަގުމަތިން ހައްލެއް ނުކުރެވޭނެ: އިންތިޚާބީ ރައީސް

އިންޑިއާ ސިފައިންގެ މައްސަލައަކީ މަގުމަތިން ހައްލު ކުރެވޭނެ މައްސަަލައެއް ނޫންކަމުގައި އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައަކީ އިންޑިއާއާ ވާހަކަ ނުދައްކައި ހައްލު ކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ވީހާ ވެސް ބޮޑަކަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަންކަމަށާއި އެއީ މަގުމަތިން ހާސިލުކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެހެންވެ، ރައްޔިތުން މިހާރު ވަނީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މިކަން ކުރަން ނިންމާފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ބޭއްވި މަގުމަތީ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުއްވި، އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއަށް ތައުރީފް ކުރައްވައި، މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އިންޑިއާއާ ދިވެހިރާއްޖެއަކީ ދުރު ނުވެވޭނެ ރަޙްމަތްތެރިކަން އޮތް ދެޤައުމުކަމާއި، އިންޑިއާއިން ރާއްޖެއަށް ގިނަ ގުނަ އެހީތައް ފޯރުކޮށްދީ، އަދި ކުރިޔަށް އޮތްތަނުގައިވެސް އިތުރު އެހީތައް ފޯރުކޮށްދޭނެ ކަމުގައިވެސް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ، އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އެއީ ކަމުގައިވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން އިންތިޤާލީ މަރުޙަލާގެ ތެރޭގައި، ރާއްޖޭގައި ތިއްބަވާ އިންޑިއާ ސަރުކާރުގެ އިސް ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވާ ކަމުގައިވެސް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.