Advertisement

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

11 Nov 2023
ޚަބަރު

ޤައުމު އިސްކޮށްގެން މަސައްކަތް ކުރުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި

ޖުމްހޫރީވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ، ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން، ޤައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމުގައި އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި، ފޮނުއްވި ކުރު މެސެޖުގައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، ރާއްޖޭގެ ޖުމްހޫރީ ނިޒާމް މިއަދާއި ހަމައަށް ގެނެސްދިނުމުގައި، މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި، ހުރިހާ ވަޒީރުންނާއި، ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީތަކުން ވެރިންނާއި، ޖުމްހޫރީވެރިކަން މިއަދު މިއޮތް ހިސާބަށް ގެނެސްދިނުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަކަށްވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޝުކުރުއަދާކުރެއްވިއެވެ.

އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން ބޭނުންވޭ. ޤައުމު ކުރިއެރުވުމަށް އެންމެން އެކަތިގަނޑަކަށް ވާން އެބަޖެހޭ. އެހެންވީމާ މިގޮތުގައި ކުރިޔަށް ދިޔުމަށް ހުރިހާ ބޭފުޅުންނަށް މިދުވަހުގެ، ތަޙްނިޔާ އަރިސްކުރަމުން އިލްތިމާސްކުރަން.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރައްވާނީ، މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި 11 ނޮވެމްބަރު ކަނޑައަޅާފައި ވަނީ ރިޔާސީ ދައުރު ބަދަލުވާ ދުވަހާއި ގުޅުވައިގެން ނަމަވެސް، 2013 ވަނަ އަހަރުން ފެށިގެން ރިޔާސީ ދައުރު ބަދަލުވާ ދުވަހަކަށް މިހާރު ވެފައި އޮތީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.