Advertisement

12 Nov 2023
ޚަބަރު

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފުކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރު ކޮށްލައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދު އަފީފް ރިޔާސަތުގައި އިންނަވައިގެން ކުރިޔަށް ގެންދަން ނިންމުމާ އެކު މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ސަބަބު ބަޔާންކޮށް ދީބާޖާ ނުހިމަނައެވެ. އެހެންވެ އެ މައްސަލާގައި ގަރާރެއްގެ ސިފައެއް ނެތް ކަމަށާއި އެއީ ބާތިލް ވާނެ އެއްޗެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ވާހަކައާއެކު މަޖިލިސް ހޫނުވެ މެންބަރުންގެ މެދުގައި ޒުވާބު ކުރަން ފެށިއެވެ. އެ ވާހަކަ އަށް ޑިމޮކްރެޓްސްގެ އެހެން މެންބަރުން ވެސް ތާއީދު ކުރިއެވެ.

އެމްޑިޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ، ޑިމޮކްރެޓްސް އިން ނިޒާމީ މައްސަލަ ނެގީ ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމަށް ކަމަށާއި، އެ ގަރާރު ހުށަހަޅާފައި ވަނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އެހެންވެ އެހެން ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.