Advertisement

ވީއައިއޭއަށް އަލަށް ގެނައި ވެހިކަލްތައް. ފޮޓޯ: އެމްއޭސީއެލް

11 Nov 2023
ޚަބަރު

ވީއައިއޭގެ ގްރައުންޑް ހޭންޑްލައިންއަށް އިތުރު ވެހިކަލްތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ގްރައުންޑު ހޭންޑްލިންގުގެ މަސައްކަތަށް އިތުރު ވެހިކަލްތަކެއް ގެނެސް ބޭނުން ކުރަން ފަށައިފިއެވެ.

ވީއައިއޭއަށް އަލަށް ގެނައި ވެހިކަލްތަކާއި، އިކުއިޕްމަންޓުތައް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ވަނީ ޙާއްސަ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ މަހުޖޫބް ޝުޖާއު އަދި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ގްރައުންޑު ހޭންޑުލިންގުގެ މަސައްކަތަށް އިތުރު ވެހިކަލްތަކާއި އިކުއިޕްމަންޓު ގެނެސްފައިި މިވަނީ އެ އެއަރޕޯޓުން އެއަރލައިންތަކަށް ދޭ ޙިދުމަތްތައް އަވަސްކޮށް ހަރުދަނާކުރުމަށް ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމް.އޭ.ސީ.އެލުން ވިދާޅުވީ، ގްރައުންޑު ހޭންޑްލިންގުގެ މަސައްކަތްތަކަށް އިތުރުކޮށްފައިވާ ވެހިކަލްތަކާއި އިކުއިޕްމަންޓުތަކުގެ ތެރޭގައި 4 ފަސިންޖަރ ބަހާއި، 4 އެއަރކްރާފް ސިޑި ބަރިއާއި، 2 ޔުނިވަރސަލް ލޯޑާ، 2 ހައި ލޯޑާ، 10 ބެގޭޖު ޓްރެކްޓާ، 14 ގޮނޑީގެ 1 މިނީވޭން، 32 ގޮނޑީގެ ބަހެއް ހިމެނޭކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.