ޚަބަރު
19 Nov 2023
ޚަބަރު
އައު 4 ވުޒާރާއަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފި
ސަރުކާރުގެ އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި، ޕަރމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބައްދަލުވެސް ކުރައްވާފައެވެ.
19 Nov 2023
ޚަބަރު
ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ނަންތަކެއް
ވުޒާރާތަކަށް ކަނޑައެޅުއްވި ވަޒީރުން ހާމަކުރެއްވިއިރު، އެ ބޭފުޅަކު ކަނޑައެޅުއްވި ވުޒާރާތަކުގެ ނަންތައް އޭރު އިނގިރޭސިން ހުރި ނަމަވެސް، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ވަނީ އާންމުކޮށްފައެވެ.
18 Nov 2023
ޚަބަރު
މަރާމާތައްފަހު ގަޑިބުރު އަލުން ހުޅުވައިފި
ރޭގަނޑު ގަޑިބުރު ދިއްލައިލުމުން މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގަޑިބުރު ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުގައި އެކި ފަރުމާތައް ދިއްލެއެވެ. އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ.
18 Nov 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް އެ ޤައުމުގައި އެދިއްޖެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
18 Nov 2023
ޚަބަރު
މަޖިލީހުން ހުސްވި ދާއިރާތަކަށް ބައި އިލެކްޝަނެއް ނޯންނާނެ!
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ދާއިރާއެއްގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށްޓަކައި ބައި-އިލެކްޝަނެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
18 Nov 2023
ޚަބަރު
އިންތިގާލީ އިންސާފު އޮފީހުގެ މުއްދަތު ހަމަވެ ލިޔުންތައް ހަވާލުކުރަން އަންގައިފި
އިންތިގާލީ އިންސާފު އޮފީހުގެ މުއްދަތު ހަމަވުމުން، އެ އޮފީހުގެ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފިއެވެ. އެ އޮފީހުން ރޭ ކުރި އިއުލާނެއްގައި ބުނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށެވެ. އެހެންވެ، އެ އޮފީސް އުވިގެންދާއިރު އޮފީހުގެ ހަރު މުދަލާއި ހުރިހާ ލިޔެކިޔުމެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.
18 Nov 2023
ޚަބަރު
ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ދަށައް ބަދަލުކުރަނީ
ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ނިންމަވައިފިއެވެ. މިއީ އައު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމާ ހަވާލުވުމަށް ފަހު ޝަހީމްގެ އެންމެ ފުރަތަމަ ނިންމެވުމެވެ.
18 Nov 2023
ޚަބަރު
އިންޑިއާއާއި އެކު ގުޅިގެން މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ފޮރިން މިނިސްޓަރ ޒަމީރު
އިންޑިއާއާއި އެކުވެސް ގުޅިގެން މަސައްކަތް ކުރަން ދިވެހިރާއްޖޭން ތައްޔާރުކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ޢައްޔަނުކުރެއްވި މޫސާ ޒަމީރަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރ ވަނީ މަރުޙަބާ ދަންނަވާފައެވެ.
18 Nov 2023
ޚަބަރު
މުލިއާގޭގެ މަރާމާތު ނިމެންދެން ރައީސް ދިރިއުޅުއްވާނީ ދިމްޔާތުގައި
ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
18 Nov 2023
ޚަބަރު
ފްލެމިންގޯތައް ކުޅުދުއްފުށީ ކުޅިއަށް އެނބުރި އަތުވެއްޖެ
2021 ވަނަ އަހަރު ކުޅުދުއްފުށީ ކުޅިއަށް ގިނަ އަދަދެއްގެ ދޫނި އައިއިރު އޭގެ ތެރެއިން ބައެއް ދޫނި އަހަރެއްހާ ދުވަހު، ކުޅުދުއްފުށީ ކުޅީގައި ދިރިއުޅުނެވެ.
18 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތުރުކިޔޭގެ ޓޫރިޒަމް މިނިސްޓަރ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މިބައްދަލުކުރެއްވުމުގައި، ތުރުކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނޫރީ އާސޯއި ވަނީ، ރިޔާސީ އިންތިޚާބުގައި، ހޯއްދެވި ކާމިޔާބިއަށާއި، އަދި މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ތަޙްނިޔާ ދަންނަވާފައެވެ.
18 Nov 2023
ޚަބަރު
ރައީސް ޑރ. މުއިއްޒު ލަންކާގެ ރައީސާއި ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުވައިކުރުމުގެ ރަސްމިއްޔާތަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ވަޑައިގެންދެއްވީތީ އެކަމަށް، ސްރީލަންކާގެ ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމަކީ ދެޤައުމުގެ ގުޅުން ދައްކުވައިދޭ ކަމެއް ކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
18 Nov 2023
ޚަބަރު
ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖާފަތެއް ދެއްވައިފި
މިޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
17 Nov 2023
ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢައްޔަންކުރައްވައިފި
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަހީމް އައްޔަންކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ, ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްމަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި މިރޭ އިރާކޮޅު އެއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
17 Nov 2023
ޚަބަރު
ބަންޑާރަ ނައިބުގެ މަޤާމަށް އުޝާމް ޢައްޔަނު ކުރައްވައިފި
އަހުމަދު އުޝާމް އެންމެފަހުން ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ކަމުގެ މަޤާމުގައެވެ.
17 Nov 2023
ޚަބަރު
ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރެއްވުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ
މިގޮތުން އައު ސަރުކާރާއި އެކު ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ގޮނޑި ވަނީ ހުސްވެފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ ގޮނޑިވެސް ހިމެނެއެވެ. އެގޮނޑި ހުސްވީ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެވަޑައިގެން އެމަޤާމުގެ ހުވައިކުރެއްވުމަށް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.