Advertisement

ގަޑިބުރު ހުޅުވުން. ފޮޓޯ: ރައީސް އޮފީސް

18 Nov 2023
ޚަބަރު

މަރާމާތައްފަހު ގަޑިބުރު އަލުން ހުޅުވައިފި

ކުރީގެ ގަޑިބުރު ޒަމާނީ ފަރުމާއަށް ތަރައްޤީކޮށް، އަލުން އިފްތިތާހުކޮށްފިއެވެ. ގަޑިބުރު އަލުން އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ޕައިނިއާރސް މޯލްޑިވްސްގެ ފަރާތުންނެވެ. 

ގަޑިބުރު އަލުން އިމާރާތްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މިއީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭކަމެއްކަމަށެވެ. ކުރީގެ ގަޑިހުރި ކޮންސެޕްޓްގައި ޒަމާނީ ގޮތެއް ގެނެސް ޑިޖިޓަލައިޒްކޮށް އަލުން މި ގަޑިބުރު އިމާރާތްކޮށް ހުޅުވޭއިރު މިއީ ހުރިހައި އުމުރުފުރާއެއްގެ މީހުންނަށްވެސް ބޭނުންތެރި ބިނާއަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.  އަދި މާލޭގައި ހުރި މިފަދަ އެހެން ބިނާތައްވެސް ޒަމާނާއި އެއްގޮތައް އެތަންތަނަށް އާރޯކަން ގެނެސްދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދެންނެވީ ކުރީގައި މިތަނުގައި ގަޑި ހުރި ކޮންސެޕްޓްގައި އެ ޑިޒައިނާއި އެއްގޮތްވާގޮތައް އަދި ޒަމާނީ ގޮތެއްވެސް އެއަށްގެނެސް ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ހަދައިދެއްވާށޭ. މީގެބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުދިންނަށްވެސް ޖުމްލަކޮށް ހުރިހައި ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން. އަދި 5 ވަގުތު ބަންގިވެސް ގޮވޭގޮތައް ހަމަޖެހިފައި މިއޮތީ. މުހިންމު މެސެޖްތައްވެސް ޑިޖިޓަލް ސްކްރީނަށް އެރުވޭގޮތައް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިގަޑިބުރު ހުންނަނީ އޯކިޑްމަގާއި، ފަރީދީ މަގާއި ފަނޑިޔާރުމަގު ގުޅޭ ކަންމަތީގައެވެ. މާފަންނު ގަޑިބުރަކީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު މުނާސަބަތާއި ގުޅުވައިގެން ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ.

މި ބިނާ އަލުން ފަރުމާކޮށް ހުޅުވާފައިވަނީ ޒަމާނުގެ ރަމްޒެއްގެ ގޮތުގައި ހިމެނޭ 4 ގަޑި ހިމަނައިގެންނެވެ. އަދި ފަރުޟު 5 ނަމާދުގެ ބަންގީގެ އަޑު ގަޑިން ގަޑިއަށް ހިތްހަމަޖެހުމާއިއެކު މި ބިނާއިން އިވޭނެއެވެ. 

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލާ މަރާމާތުކުރިއެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު ގަޑިބުރު ތަޅާލާ އޭރުގެ ސަރުކާރުން އެތަން މަރާމާތުކުރިއެވެ. އަނެއްކާގެ އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައިމަހުވެސް އެތަން ތަޅާލާ އަލުން ވަނީ މަރާމާތުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.