Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

18 Nov 2023
ޚަބަރު

މަޖިލީހުން ހުސްވި ދާއިރާތަކަށް ބައި އިލެކްޝަނެއް ނޯންނާނެ!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ދާއިރާއެއްގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށްޓަކައި ބައި-އިލެކްޝަނެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މި ގޮނޑިތައް ހުސްވެފައިވަނީ އެ ގޮނޑިތައް ތަމްޞީލްކުރައްވަމުން ގެންދެވި މެންބަރުން އިސްތިއުފާދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވުމާއި ގުޅިގެންނެވެ. 

އިލެކްޝްންސް ކޮމިޝަނުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިތަކަށް މެންބަރު އަލުން އިންތިޚާބު ކުރުމަށްޓަކައި ޤާނޫނުގައި ބުނާ މުއްދަތެއް ނުލިބޭކަމަށެވެ. އެހެންކަމުން އެ ދާއިރާތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބައި-އިލެކްޝަނެއް ނުބާއްވާނެކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަންކޮށްފައިވާ މަޖިލިސް މެންބަރުން:

- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް - މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

- މިނިސްޓަރ އޮފް ޑިފެންސް - ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން

- އެޓަރނީ ޖެނެރަލް - ވިލިމާލޭ ދާއިރާގެ މެންބަރު އަލްއުސްތާޛު އަޙްމަދު އުޝާމް

އަންނަ އަހަރުގެ މާރިޗު ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީ ކޮޅު 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮންނާނެއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރިޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާނަމަ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.