Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Nov 2023
ޚަބަރު

ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ސިފައިންގެއިން ރިޓަޔަރކުރައްވައިފި

ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. އަބްދުﷲ ޝަމާލް ވަނީ ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައެވެ. މިހާތަނަށް ސިފައިންގޭގެ އެކި މަޤާމުތައް ވަނީ ފުރުއްވާފައެވެ. ޝަމާލްއަށް ވަނީ ޚިދުމަތުގެ 16 ސަރވިސް މެޑަލް ލިބިވަޑައިގެންފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޢައްޔަނުކުރެއްވީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ. އަބްދުﷲ ޝަމާލް ސިފައިގެ ޚިދުމަތާއި ގުޅިވަޑައިގަތީ މީގެ 35 އަހަރު ކުރިން 1988 ވަނަ އަހަރުއެވެ.

ޝާމާލަކީ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް، ދިވެހި ސިފައިންގެ ތާރީޚުގައި ލިބިވަޑައިގެންނެވި 2 ވަނަ ބޭފުޅާއެވެ. އެއީ ސިފައިންގޭގައި ދެވަނައަށް އެންމެ އިސް ރޭންކެވެ. ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ޚިދުމަތުން ރިޓާޔަރކުރެއްވުމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ވަރަށް އިޚުލާސްތެރި މަސައްކަތްޕުޅެއްކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.