Advertisement

ކުޅުދުއްފުށީ ކުޅިއަށް މިއަދު އައި ގުޑުގުޑާ ދޫނިތައް -- ފޮޓޯ: މުޙައްމަދު މިހާޒް - ކުޅުދުއްފުށި

18 Nov 2023
ޚަބަރު

ފްލެމިންގޯތައް ކުޅުދުއްފުށީ ކުޅިއަށް އެނބުރި އަތުވެއްޖެ

ކުޅުދުއްފުށީ ކުޅިއަށް ފްލެމިންގޯތައް އެނބުރި އަތުވެއްޖެއެވެ.

2021 ވަނަ އަހަރުގެ އިރުވައި މޫސުމް ފެށެން ގާތްވެފައި ވަނިކޮށް، އުތުރުގެ އަތޮޅުތަކަށް ގިނަ އަދަދެއްގެ ފްލެމިންގޯތައް އައިސް އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައެވެ. މިއަހަރުގެވެސް އިރުވައި މޫސުމް ޑިސެމްބަރު މަހު 10 ގައި ފެށޭއިރު މިހާރު ވަނީ އުތުރުގެ އަތޮޅުތަކަށް ފްލެމިންގޯތައް އަންނަން ފަށާފައެވެ. މިގޮތުން މިއަދު ހެނދުނު ފްލެމިންގޯގެ 5 ދޫނި ވަނީ ކުޅުދުއްފުށީ ކުޅިއަށް އައިސްފައެވެ.

ދިވެހިން ގުޑުގުޑާ ދޫނީގެ ނަން ދީފައިވާ، ފްލެމިންގޯއަކީ މޫސުމީ ހިޖުރަކުރާ ދޫންޏެކެވެ. އެހެން ނަމަވެސް ރާއްޖެއިން މިދޫނި ފެނި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ 2021 ވަނަ އަހަރުގައެވެ.

2021 ވަނަ އަހަރު ކުޅުދުއްފުށީ ކުޅިއަށް ގިނަ އަދަދެއްގެ ދޫނި އައިއިރު އޭގެ ތެރެއިން ބައެއް ދޫނި އަހަރެއްހާ ދުވަހު، ކުޅުދުއްފުށީ ކުޅީގައި ދިރިއުޅުނެވެ.

މިދުވަސް ވަރަކީ، ހިޖުރަކުރާ ދޫނި ރާއްޖެއަށް އަންނަ ދުވަސްވަރަަކަށް ވުމާއިއެކު، އެފަދަ ދޫނި ނުހިފުމަށާއި އަދި އެތަކެއްޗަށް ގޯނާ ނުކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

2021 ވަނަ އަހަރު ފްލެމިންގޯތައް ރާއްޖެއައި ދުވަސްވަރު އޭގެ ބައެއް ދޫނިތައް ހިފައި ވިއްކަން އުޅުނު ބައެއް މީހުންނާއި މެދު ޤާނޫނީ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.