Advertisement

ހިޒްބުﷲގެ ލީޑަރު ---

12 Nov 2023
ދުނިޔެ

ހިޒްބުﷲގެ ލީޑަރު ބުނީ، އިސްރާއީލަށް ހަމަލާ ދިނުމުގައި ފަހަތަށް ނުޖެހި ތިބޭނެކަމަށް: ދުވަސް 36

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 36 ވަނަ ދުވަސް، 11 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުގެ ހަނގުރާމަވެރި ޓޭންކަރުތައް ވަނީ އަލް-ޤުދުސް ހޮސިޕިޓަލާ 20 މީޓަރު (65 ފޫޓު) ކައިރިޔަށް އައިސްފައި. އަދި އެމީހުންދަނީ 40،000 އަށް ވުރެ ގިނަ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދައިގެން ތިބި މި ހޮސްޕިޓަލަށް ސީދާ ހަމަލާދެމުން.  

🔴 އަލް-ޝިފާ ހޮސްޕިޓަލުގެ ޑައިރެކްޓަރ ހާމަކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލްގެ ނިއޯނޭޓަލް އައިސީޔޫގައި ބައިތިއްބާފައި ތިބި 44 ކުޑަކުދިން ވަނީ މަރުވެފައި.  އަދި ހޮސްޕިޓަލުގެ ޑައިރެކްޓަރ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހޮސްޕިޓަލުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށް އިސްރާއިލު ސިފައިން ހަމަލާދެމުން ގެންދާތީ، ހޮސްޕިޓަލް ތެރޭގައި ހެލިފެލިވެ އުޅުން ހުއްޓި، މުޅި ހޮސްޕިޓަލްވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައި.

🔴 ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި 2 މީހަކު މަރާލާފައިވޭ.

🔴 އަރަބި އަދި މުސްލިމް ލީޑަރުންނާއެކު ކުރިޔަށް ދިޔަ އަރަބި ލީގު އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުން ނިންމާލިއިރު، އެ ބައްދަލުވުމުގައި ވަނީ އިސްރާއީލުގެ ރަހުމް ކުޑަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ، އަދި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފަ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ،  މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ).

🔴 އޮކްޓޯބަރ 7 އަށް ފަހު ދެ ވަނަ ފަހަރަށް ވާހަކަ ދައްކަމުން ހިޒްބުﷲގެ ލީޑަރ ސައްޔިދު ޙަސަން ނަސްރުﷲ، ބުނީ އި ޖަމާއަތުން އިސްރާއީލަށް ހަމަލާ ދިނުމަށް މުޅިން އައު ދެ ވައްތަރެއްގެ ހަތިޔާރު ބޭނުންކުރަމުން އަންނަކަމަށް. އަދި އިސްރާއީލަށް ހަމަލާ ދިނުމުގައި އެ ޖަމާއަތުން ވަރުގަދަކޮށް ތިބޭނެ ކަމަށް ވެސް ހާމަކޮށްފައިވޭ.

🔴 އިސްރާއީލުން ކުރިޔަށްގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަށް އިނގިރޭސިވިލާތުގެ ލަންޑަނުގައި އެތައް ހާސް ބަޔަކު އެއްވެފައިވޭ. މި މީހުން ގޮވާލީ ވަގުތުން ހަނގުރާމަ ހުއްޓާލާ، އިސްރާއިލުން ފަލަސްތީނުގެ ބިމަށް ވެރިވެގަތުން ނިމުމަކަށް ގެނައުމަށް.

🔴 އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،078 މީހަކު މަރުވެފައިވޭ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.