Advertisement

އަލްޝިފާ ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖެއް ---

12 Nov 2023
ދުނިޔެ

އޮކްސިޖަން ނުލިބުމުގެ ސަބަބުން އަލް ޝިފާ ހޮސްޕިޓަލުން 44 ކުދިން މަރުވެއްޖެ

ހައްދު ފަހަނައެޅި އިޒްރޭލުގެ ސަޙްޔޫނީ ދައުލަތުން، ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލްގެ ނިއޯނޭޓަލް އައިސީޔޫގައި ބައިތިއްބާފައި ތިބި 44 ކުޑަކުދިން މަރުވެއްޖެއެވެ.

މަރުވި ކުދިންނަކީ، ދުވަސް ނުފުރާ ވިހެއުމުންނާއި ވިހެމުއުގެ ތެރޭގައި ދިމާވާ މައްސަލަތަކުގެ ސަބަބުން އައިސީޔޫގައި ފަރުވާދެމުން ދިޔަ ކުދިންނެވެ. އެކުދިން މަރުވެފައިވަނީ، ހޮސްޕިޓަލަށް ބޭނުންވާ އަސާސި ތަކެތި ނުލިބުމާއި އޮކްސިޖަން ހުސްވުމުގެ ސަބަބުންނެވެ.

ގާޒާއަށް އަރާފައިވާ އިޒްރޭލުގެ ސަޙްޔޫނީ ސިފައިން ދަނީ، ގާޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދެމުންނެވެ. އަލްޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތައް ހުންނަ އިމާރާތަށްވެސް އިޒްރޭލު ސިފައިން ވަނީ ހަމަލާދީފައެވެ.

ގާޒާގެ އަލްގުދުސް ހޮސްޕިޓަލާއި 20 މީޓަރު ގާތަށް އިޒްރޭލު ސިފައިން ވަނީ އައިސްފައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުން ޣައްޒާއަށް ބޮން އަޅަމުން އަންނަތާ 35 ދުވަސް ވެފައި ވާއިރު، ގާޒާއިން 11038 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 5000 ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.