Advertisement

ސިފައިން މިއަދު ހެނދުނު ފެން ހިއްކުމުގެ މަސައްކަތުގައި ---

03 Nov 2023
ޚަބަރު

މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތްކޮށްފި

މިއަދު ހެނދުނު ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިން ނުކުމެ ފެން ހިއްކައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ސިފައިން ނުކުމެ ފެންހިއްކުމުގެ މަސައްކަތް ކުރީ، ފެންހިއްކުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މާލޭގެ އަމީނީ މަގާއި އައިޖީއެމްއެޗް ސަރަހައްދުގައި ވިއްސާރަ މޫސުމުގައި އާއްމުކޮށް ބޮޑަށް ފެންބޮޑު ވާތީ، އެސަރަހައްދުގައި ވަނީ ސްޓޯމްވޯޓަރ ޕަމްޕްތައްވެސް ބަހައްޓާފައެވެ. އެހެން ނަމަވެސް މިއަދު މާލޭގެ މަގުތަކުގައި ފެންބޮޑުވީ، ސްޓޯމްވޯޓަރ ޕަމްޕްތަކަށް އޮބި ނޯންނަ ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ، މިއަދު ހެނދުނު 9:40 ހާއިރު އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ބޮޑުވި ފެންގަނޑު މިހާރު ހިންދާލާފައި ވާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހެނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.