Advertisement

ސްޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ ޝަރީއަތުގެ ތެރެއިން --

06 Nov 2023
ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތަސް އައު ރައީސްއަށް ހުވާކުރެވޭނެ: ބަންޑާރަ ނައިބު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވި މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް ނަމަވެސް އެކަމަކީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ހުރަހެއް އޮތް ކަމެއް ނޫންކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދީ މަޖިލިސް ހުއްޓުވާފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް، އެމްޑީޕީން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ. މި އަޑުއެހުމުގައި، ބަންޑާރަ ނައިބުގެ އޮފީސް ތަމްސީލް ކުރެއްވި ފާޠިމަތު ޙަލީމްގެ ވާހަކަފުޅުގައި ވިދާޅުވީ، މަޖިލީހަށް ހުށައެޅިފައިވާ މައްސަލަތައް މަޑުޖެހިފައި ވީނަމަވެސް، އައު ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ނުބޭއްވޭނެ ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

ފާޠިމަތު ޙަލީމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައި ވަނިކޮށް ކުރިޔަށް ނުގެންދެވޭނީ ދެކަމެއް ކަމަށެވެ. އެއީ އެހެން މައްސަލައެއްގައި ބަހުސް ކުރުމާއި އެހެން މައްސަލައެއްގައި ވޯޓު ނެގުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އައު ރައީސް ހުވާކުރުމުގެ ޖަލްސާއަކީ، އެފަދަ ޖަލްސާއެއް ނޫންކަން ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ފާހަގަކުރެއްވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރުމަށް ބާއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށް ބާއްވަން ޖެހޭ ޖަލްސާއެކެވެ. މިޖަލްސާ ބޭއްވުމަށް މިހާރު ހަމަޖައްސާފައި ވަނީ 17 ނޮވެމްބަރު 2023ވާ ހުކުރު ދުވަހުގެ ހަވީރު، 4:45ގައި، ޖުމްހޫރީ މައިދާނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.