Advertisement

ޔުނިސެފުގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ އެޑްވާޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން --

02 Nov 2023
ޚަބަރު

ޔުނިސެފްގެ ރެޒިިޑެންޓް ރެޕްރެޒެންޓެޓިވް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އެޑައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި މިއަދު މެންދުރު ކުރީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު އެއް ދާއިރާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފްއާ ، ރާއްޖެއާ ގުޅިގެން، ރާއްޖޭގެ ކުޑަކުދިންގެ އާންމު ޙާލަތު ރަނގަޅުކުރުމަށް ކުރެވިފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި، އަދި އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަރުދަނާކޮށް ފުޅާ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އެޑައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ދާއިރާއިން ޔުނިސެފްގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިޔަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް ކަންކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޣައްޒާގެ ކުޑަކުދިންނަށް ޔުނިސެފްގެ ފަރާތުން ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް އަލިއަޅުވާލައްވާފައެވެ. އަދި އެކަމަނާ ވަނީ އިސްރާއިލާއި ފަލަސްޠީނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް ކުރެވޭ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ. އެޑައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
21 Nov 2024
ޚަބަރު
ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއިއެކު ޑިމޮކްރަސީގެ އިރު އޮއްސުނީކަމަށް!
ޝާހިދު ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލުތައް ފާސްކުރި ވަގުތު ދިމާވީ އިރުއޮއްސުނު ވަގުތާއި ކަމަށާއި އެހެން ކަމުން އެމަނިކުފާނަށް ސިފަކުރެވުނީ، އެއީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް އިރު އޮއްސިގެން ދިޔުން ކަމަށެވެ.
21 Nov 2024
ޚަބަރު
ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރާއި ފިޔޯރީ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ރަށުގައި އޭ.ޓީ.އެމް ގެ ޚިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެބޭފުޅުން ޙިއްޞާކުރެއްވިއެވެ.
21 Nov 2024
ޚަބަރު
ރައީސް ވިދާޅުވީ ޤާނޫނު އަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާޙަކީ، ހަމަޖެހުން ޤާއިމްކުރުމަށް ގެނައި ބަދަލެއް ކަމަށް!
އެމަނިކުފާނު ރޭ އިނގިރޭސި ވިލާތަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ދެއްވި މި އިންޓަރވިއުގައި ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުން ކަމަށާއި، އެހެންނަމަވެސް މިއަދު ގެނައި އިޞްލާޙާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނީ ކަމުގައި ރައީސް ވިދާޅުވިއެވެ.
20 Nov 2024
ޚަބަރު
އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.