ޔުނިސެފްގެ ރެޒިިޑެންޓް ރެޕްރެޒެންޓެޓިވް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު އެއް ދާއިރާކަން ފާހަގަކުރެއްވިއެވެ.